ސެނަހިޔާ އިން ނާރުގެ ބަލިތަކަށް ޓެސްޓުކުރަން ފަށައިފި
ސެނަހިޔާ އިން ނާރުގެ ބަލިތަކަށް ޓެސްޓުކުރަން ފަށައިފި

ސެނަހިޔާ ހޮސްޕިޓަލުން ނާރުގެ ބަލިިތަކަށް ޓެސްޓުކުރަން މިއަދު ފަށައިފި އެވެ.

ސެނަހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލުގެ ލެބޯޓަރީ ހުޅުވައިދެއްވީ އެމްއެންޑީއެފްގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއާޕާސަން ފާތިމަތު ފިރާޝާ އެވެ. މި ރަސްމިއްޔާތުގައި ސެނަހިޔާގެ ވައިސް ޗެއާޕާސަން އައިމިނަތު ދިހުޝާ އާއި އެމްއެންޑީއެފް މެޑިކަލް ކޯގެ ސާޖަން ޖެނެރަލް، ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދުގެ އިތުރުން ސެނަހިޔާގެ އެހެން އިސްވެރިން ވެސް ބައިވެރިވަޑައިގަތެވެ.

އެމްއެންޑީއެފް އިން ބުނީ، ނާރުގެ ބަލިތަކަށް ޓެސްޓުކުރަން ފެށީ އެތަނުގެ ލެބް އަޕްގްރޭޑްކުރުމަށް ފަހު ކަމަށެވެ.

ސެނަހިޔާ އިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އިމަޖަންސީ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނަށް ދެއްކުމުގެ އިތުރުން އަލްޓްރާސައުންޑް ސްކޭނާއި އެކޯ ކާޑިއޮގްރަފީގެ ހިދުމަތް ވެސް ހިމެނެ އެވެ.