ބީއެމްއެލްގެ މުވައްޒަފުންނަށް ސައިން ލެންގްއޭޖުގެ ހަރަކާތެއް
ބީއެމްއެލްގެ މުވައްޒަފުންނަށް ސައިން ލެންގްއޭޖުގެ ހަރަކާތެއް

ބީއެމްއެލްގެ މުވައްޒަފުންނަށް ސައިން ލެންގްއޭޖުގެ ތަމްރީނު ދިނުމަށް ނިންމައި މިއަދު ހާއްސަ ހަރަކާތްތަކެއް ހިންގައިފި އެވެ.

ބީއެމްއެލްގެ މުވައްޒަފުންނަށް ސައިން ލެންގްއޭޖުގެ ހަރަކާތެއް
ބީއެމްއެލްގެ މުވައްޒަފުންނަށް ސައިން ލެންގްއޭޖުގެ ހަރަކާތެއް

މި ހަރަކާތް އެ ބޭނުންކުން ބޭއްވީ ބައިނަލްއަގުވާމީ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

އަޑުއިވުމުގެ ދަތިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތް ކުރާ މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް ވަނީ ބީއެމްއެލުން ވަނީ 30،000ރ. ހަދިޔާ ކޮށްފަ އެވެ. މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށެވެ. އެ ޖަމިއްޔާގެ މެންބަރުން ވަނީ ބޭންކުގެ މެއިން ބްރާންޗަށް ޒިޔާރަތްކޮށް ބޭންކުގެ ބައެއް މަސައްކަތް ހިނގާ ގޮތް ބަލައި މުވައްޒަފުންނާ އެކު މިއަދު ވަގުތު ހޭދަކޮށްފަ އެވެ.

އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބީއެމްއެލްގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ތަމްރީނު ޕްރޮގްރާމެއް ހިންގަން ނިންމާފައިވެ އެވެ.

ބައިނަލްއަގުވާމީ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ އިތުރު ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ، ހިނގައިބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު މޮޓޮރައިޒްޑް ވީލްޗެއާ ވެސް ހަދިޔާކޮށްފައިވެ އެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 125 އަށް ވުރެ ގިނަ ވީލްޗެއާ ބީއެމްލުން ވަނީ ހަދިޔާ ކޮށްފަ އެވެ.

މި އަހަރުގެ ޖެނުވަރީ މަހު އެ ބޭންކުން ވަނީ ރާއްޖޭގެ 10 ސްކޫލެއްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 300 އެއްހާ ކުދިންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ހާއްސަ ތަކެތި ވެސް ހަދިޔާ ކޮށްފަ އެވެ.