އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 5 މީހަކު ދޫކޮށްލައިފި
އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 5 މީހަކު ދޫކޮށްލައިފި

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ފަސް މީހަކު މިއަދު ދޫކޮށްލައިފި އެވެ.

"މިހާރު" އަށް އެނގެފައިވާ ގޮތުގައި އެ ފަސް މީހުން ދޫކޮށްލީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިޔަ ނުވަ ވަނަ ފަހަރު ކްރިމިނަލް ކޯޓުންނެވެ. އެނގިފައިވާ ގޮތުގައި އެ މީހުން ދޫކޮށްލީ އެ މީހުން ދޫކޮށްލިޔަސް މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ އެވެ.

މި ފަސް މީހުން ހައްޔަރު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި އެ ދުވަހު ހަތް މީހަކު ހައްޔަރުކުރި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ނޫސްވެރިންނަށް ދެއްކުމަށްޓަކައި މިދިޔަ ހަފްތާގައި އެ އިދާރާ އިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ސަރުކާރުގެ އެކި އިދާރާގެ ކަންބޮޑުވުންތަކާ ގުޅިގެން އެ އޮޕަރޭޝަން ވަނީ މެދުކަނޑާލައިފަ އެވެ.