11 ޑިސެމްބަރ 2020 - 17:47

ވޮޝިންޓަން (ޑިސެމްބަރު 11) - "ޓައިމް" މަޖައްލާގެ މި އަހަރުގެ ޝަޚުސިއްޔަތުންގެ ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން އާއި އެމަނިކުފާނުގެ ރަނިން މޭޓް ކަމަލާ ހަރިސް ހޮވައިފި އެވެ.
"ބައިޑަން-ހަރިސްގެ ޓިކެޓުން ވަރަށް ތާރީޚީ ކަމެއް އަންގައިދޭ،" ޓައިމް އިން ޓްވީޓްކުރި އެވެ.
ޓައިމްގެ އަހަރުގެ ޝަޚުސިއްޔަތުންނަށް ފަހު ބުރުގައި މި އަހަރު ވާދަކޮށްފައި ވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނާއި ޑރ. އެންތަނީ ފައުޖީ، ނަސްލީ ތަފާތުކުރުމާ ދެކޮޅު ހަރަކާތް އަދި އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ޑޮނަލްޑް ޓްރަމްޕެވެ.
އަހަރުގެ އެންމެ ވަރުގަދަ ޝަޚުސިއްޔަތު ޓައިމް މަޖައްލާ އިން އަންނަނީ 1927 ވަނަ އަހަރުން ފެށިގެން ހޮވަމުންނެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު 2016 ވަނަ އަހަރު ކާމިޔާބު ކުރެއްވި ޓްރަމްޕް ވަނީ އެ އަހަރުގެ ޓައިމްގެ އަހަރުގެ ޝަޚުސިއްޔަތުގެ ގޮތުގައި ހޮވައިފަ އެވެ.