15 ޑިސެމްބަރ 2020 - 22:56

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ އެންމެ 13 މީހުން ކަމަށާއި މާލެ ސަރަހައްދުން ޕޮޒިިޓިވްވީ އެންމެ ހަތް މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިރޭ އާއްްމުކުރި ހިިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވީ މާލެ ސަރަހައްދުން ހަތް މީހުންނާއި ރިސޯޓްތަކުން ދެ މީހުން އަދި މީހުން އުޅޭ އެހެން ރަށްރަށުން ހަތަރު މީހުންނެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ އެކު ރާއްޖޭން އެ ބަލި ޖެހުނުމީހުންގެ އަދަދަކީ މިހާރު 13،392 މީހުންނެވެ. އެ ބަލީގައި ރާއްޖޭން 48 މީހަކު މިހައިތަނަށް މަރުވި އިރު 12،760 މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 584 އެވެ.
ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އެންމެ ގިނަވީ މިދިޔަ އޮގަސްޓްމަހު އެވެ. އޭގެ ފަހުން ކޭސްތައް މަދުވަމުން އައިސް 50 އަށް ވުރެ ދަށުގައި ކޭސްތައް ހުންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެެ.