18 ޑިސެމްބަރ 2020 - 22:31

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ނެގި 2،870 ސާމްޕަލް ތެރެއިން 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެއީ މާލެ ސަރަހައްދުން 14 މީހުންނާއި އެހެން ރަަށްރަށުން އަށް މީހަކާއި ރިސޯޓުތަކުން ތިން މީހެއްގެ އިތުރުން ލައިވް އެބޯޑްތަކުން އެކަކެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 13،444 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 12،836 މީހުން ރަނގަޅުވެ މިވަގުތު ފަރުވާދެމުން އަންނަނީ 553 މީހަކަށެވެ. އަދި 47 މީހުން ތިބީ އެޑްމިޓްކޮށްފަ އެވެ.
މިބަލީގައި ރާއްޖެއިން މިހާތަނަށް 48 މީހުން ވަނީ މަރުވެފަ އެވެ.