04 ފެބުރުއަރީ 2021 - 23:06

ކޮޮވިޑް-19 އަށް މިއަދު 134 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 110 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. އެހެންވެ، އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 16،400 އިން މައްޗަށް މިހާރު ވަނީ އަރައިފަ އެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 54 މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ މިރޭގެ ވަގުތެއްގަ އެވެ. އެއީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ 84 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ރާއްޖޭގައި ދަނީ ވަރުގަދަ ކުރަމުންނެވެ.