ކޮވިޑް-19: ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 20،000 އިން މައްޗަށް
ކޮވިޑް-19: ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 20،000 އިން މައްޗަށް

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20،000 އިން މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓުކުރި 4،970 ސާމްޕަލްގެ ތެރެއިން 165 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު، ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 20،144 އަށް އެރީ އެވެ.

އެންމެ ފަހުން ބަލި ޖެހުނު ކަމަށް ރިޕޯޓު ކޮށްފައި ވަނީ މާލެ ސަރަހައްދުން 132 މީހުން، އެހެން ރަށްރަށުން 13 މީހުން، ރިސޯޓުތަކުން 19 އަދި ސިނާއީ މަސައްކަތްކުރާ ރަށަކުން އެކެކެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 2،605 އަށް އަރާފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 186 މީހަކަށް މި ވަގުތު ފަރުވާ ދެ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން 127 މީހަކު ރަނގަޅުވެފައި ވެ އެވެ.