ރާއްޖެ ދެކެ ލޯބިވާ ދެމަފިރިންގެ 60 ވަނަ ދަތުރު؛ އުއްމީދަކީ 100 ހަމަކުރުން
ރާއްޖެ ދެކެ ލޯބިވާ ދެމަފިރިންގެ 60 ވަނަ ދަތުރު؛ އުއްމީދަކީ 100 ހަމަކުރުން

ރާއްޖޭގެ ރީތި ކަމާއި ދިވެހިންގެ މެހްމާންދާރީން ލިބޭ ހިތްހަމަޖެހުމާ އެކު ތަކުރާރުކޮށް އަންނަ ޓޫރިސްޓުން މަދެއް ނޫނެވެ؛ މީގެ ތެރެއިން ފްރާންސަށް ނިސްބަތްވާ ސާޖް ޑިސޯ (މިސްޓަ ބީން) އާއި ޖޮސެލް ޑިސޯ ތަފާތެވެ. އެ ދެމަފިރިން ރާއްޖެއަށް ކުރާ ދަތުރުތައް ގުޅިފައި އޮތީ ވަރަށް ބޮޑު އުއްމީދަކާ އެވެ.

ރާއްޖެ ދެކެ ލޯބިވާ ދެމަފިރިންގެ 60 ވަނަ ދަތުރު؛ އުއްމީދަކީ 100 ހަމަކުރުން
ރާއްޖެ ދެކެ ލޯބިވާ ދެމަފިރިންގެ 60 ވަނަ ދަތުރު؛ އުއްމީދަކީ 100 ހަމަކުރުން

އެއީ، ރާއްޖޭގައި 100 ފަހަރު ޗުއްޓީ ހޭދަކުރުމެވެ.

ރާއްޖެ ދެކެ ލޯބިވާ ދެމަފިރިންގެ 60 ވަނަ ދަތުރު؛ އުއްމީދަކީ 100 ހަމަކުރުން
ރާއްޖެ ދެކެ ލޯބިވާ ދެމަފިރިންގެ 60 ވަނަ ދަތުރު؛ އުއްމީދަކީ 100 ހަމަކުރުން

މީގެ 27 އަހަރު ކުރިން، 1994ގައި ރާއްޖެ ފުރަތަމަ އައި ދެމަފިރިން މިހާރު ވެސް ތިބީ ރާއްޖޭގެ ރިސޯޓެއްގަ އެވެ. މިއީ އެކުގައި ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ 60 ވަނަ ފަހަރެވެ.

މި ދަތުރު ފާހަގަކޮށް، ދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ދެމަފިރިން އައި ރިސޯޓް، ކޮކޯޕާމުން ބޭއްވި އެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގަތެވެ.

ބީން އާއި ޖޮސެލް މިދިޔަ ޖެނުއަރީ މަހު ވެސް ރާއްޖެ އަ އެވެ. އެ ދަތުރުގައި އެނބުރި ދިޔައީ "ހިތް" ރާއްޖޭގައި ބާއްވައިފަ އެވެ. މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް އަންނަން ޖެހުނީ "ރާއްޖެ ދެކެ ލޯބިވާތީ" ކަމަށް ދެމަފިރިން އިއްޔެ ބުންޏެވެ.

ކޮކޯ ޕާމްގެ ރިސޯޓަކަށް ހަތަރު ވަނަ ފަހަރަށް އައި ދެމަފިރިން އެކި ފަހަރު އެކި ރިސޯޓްތަކުގައި މިހާތަނަށް ވަނީ 1000 ދުވަސް ހޭދަކޮށްފަ އެވެ. ރާއްޖޭގެ ޓޫރިޒަމަށް މިހާތަނަށް އައި ބަދަލުތައް ވެސް މި ދެމަފިރިން ވަނީ ތަޖުރިބާ ކޮށްފަ އެވެ.

މިނިސްޓަރު މައުސޫމް "މިހާރު"އަށް ވިދާޅުވީ ދެމަފިރިންގެ ވާހަކަތަކުުގައި ރާއްޖެއަށް ތައުރީފް ނޫން ލަފުޒެއް ނެތް ކަމަށެވެ. ހިތްގައިމު މާހައުލެއްގެ އިތުރުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ މެހްމާންދާރީ އާއި ހިތްހެޔޮކަމާ، ދެމަފިރިންނަށް ދުރު ނުވެވުނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގިނަ ފަހަރަށް ރިޕީޓުކޮށް ޓޫރިސްޓުން ރާއްޖެ އަންނަނީ ދިމާވާ މުވައްޒަފަކާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން. ބައެއް ފަހަރު މުވައްޒަފު ވަޒީފާ އަދާކުރާ ރިސޯޓު ބަދަލު ކުރުމުން ޓޫރިސްޓުވެސް ޗުއްޓީ ހޭދަ ކުރާ ރިސޯޓު އެބަ ބަދަލު ކުރޭ. މިއީ މި ދެމަފިރިންވެސް ރާއްޖެ އަންނަން ބޭނުންވާ ސަބަބަކީ. މެހެމާންދާރީ ރަނގަޅު ކަމުން،" މައުސޫމް ވިދާޅުވި އެވެ.

"މިސްޓަ ބީން ބުނީ އެ ދެމަފިރިން ބޭނުންވަނީ ރާއްޖެއަށް އެންމެ ފުރަތަމަ 100 ދަތުރު ކުރި މީހުންނަށް ވާން ކަމަށް. އެހެންވެ ކޮންމެ އަހަރަކު ތިން ދަތުރު ވަރަކަށް އެބަކުރޭ."

ބީން އާއި ޖޮސެލް ބުނިގޮތުގައި ރާއްޖެއަކީ ޑައިވްކުރަން ވެސް އެންމެ ހިތްގައިމު މަންޒިލެވެ. މިހާތަނަށް ރާއްޖޭގައި 700-800 އާ ދެމެދުގެ އަދަދަކަށް ޑައިވްކޮށްފައިވެ އެވެ.

ރާއްޖެ އިން އެ މީހުން ބަލައިގަންނަ ކަމާއި ދިވެހިންގެ ލޯބި އަބަދުވެސް ލިބޭނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ ޚާއްސަ ދައުވަތެއް އެ ދެ މީހުންނަށް ދީފަ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ހަފުލާއެއްގައި ބައިވެރިވުމެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުގެ ހާލަތު ގޯސްވެފައި ވިޔަސް ރާއްޖެ އަކީ ރައްކާތެރި މަންޒިލެއް ކަމަށް އެ ދެ މީހުން ބަލައިގަނެ އެވެ. ކޮވިޑުގެ ނުރައްކަލެއް އެ މީހުންނަށް ނެތް ކަމަށް ޔަގީންކުރަނީ، ރާއްޖޭގެ ރިސޯޓުތައް މީހުން ދިރިއުޅޭ ރަށްރަށާ ވަކިން އޮތުމާއި ރިސޯޓްތަކުގެ ޕްރައިވެސީ އެވެ. މީގެއިތުރުން ކޮވިޑުން ރައްކާތެރިވާން ރާއްޖެ ރިސޯޓްތަކުގައި އަމަލުކުރަން އޮންނަ އުސޫލަކީ ވެސް ޓޫރިސްޓުންނަށް ރައްކާތެރި އުސޫލްތަކެއްގެ ގޮތުގައި ދެމަފިރިން ދެކެ އެވެ.

މައުސޫމް ވިދާޅުވީ ކޮވިޑުގެ އުނދަގޫ މި ހާލަތުގައި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ތަކުރާރުކޮށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުު ކުރަން ޖެހޭ ކަމަށެވެ. އަދި ކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ފަރާތުން ކަަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަންނަނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަށް ޓޫރިޒަމް ޕްރޮމޯޓު ކުރަމުންނެވެ.

"ރާއްޖެއަށް ތަކުރާރު ކޮށް ޓޫރިސްޓުން ގެނައުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ މި ދާއިރާގެ މުވައްޒަފުން. އެހެންކަމުން ރިސޯޓުތަކުން އެބަޖެހޭ އެ މުވައްޒަފުން ހިތްހަމަ ޖައްސައިގެން ރިސޯޓުގައި ބައިތިއްބަން. މިއީ ރިސޯޓަށް ވެސް ފައިދާ ކުރާނެ ކަމެއް،" މައުސޫމް ވިދާޅުވި އެވެ.

ރާއްޖެއިން ވަނީ ތަކުރާރުކޮށް އަންނަ ޓޫރިސްޓުންނަށް ހާއްސަ ބޯޑާ މައިލްސް ޕްރޮގްރާމެއް ވެސް މި އަހަރު ތައާރަފު ކޮށްފަ އެވެ. މިއީ ދުނިޔޭގައި އެންމެ ފުރަތަމަ ތައާރަފު ކުރެވުނު މިފަދަ ލޯޔަލްޓީ ޕްރޮގްރާމެވެ.