15 މާޗް 2021 - 21:58

ހދ. ކުޅުދުއްފުށީގައި ދެމަފިރިންގެ ދެމެދު ހިނގި ޒުވާބެއްގައި ފިރިހެންމީހާ އަށް އިއްޔެ ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ މި ހާދިސާ ހިނގާފައި ވަނީ ދެމެފިރިން ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ކަމަށެވެ. ފިރިހެން މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ
އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކަށެވެ. އޭނާ އަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.