އިންޑިއާ އިން ދިވެހިންނަށް 39 ސްކޮލާޝިޕް ހުޅުވާލައިފި
އިންޑިއާ އިން ދިވެހިންނަށް 39 ސްކޮލާޝިޕް ހުޅުވާލައިފި

މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި އިންޑިއަން ކައުންސިލް ފޮ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އިން ދިވެހިންނަށް 39 ސްކޮލާޝިޕްގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އައިސީސީއާރުން މިއަދު ބުނީ، ބެޗެލާސް ޑިގްރީ އިން ފެށިގެން މާސްޓާސް އަދި ޕީއެޗްޑީ ޕްރޮގްރާމް ކިޔެވުމުގެ ފުރުސަތު މި ސްކޮލާޝިޕްތަކުގެ ދަށުން ލިބޭނެ ކަމަށެވެ. އާޓް، ސައިންސް، އިންޖިނިއަރިން، ލޯ އަދި ޓޫރިޒަމް ފަދަ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އިންޑިއާ އިން ވަނީ ދީފަ އެވެ.

އިންޑިއާގެ ސްކޮލަޝިޕްތަކަށް އެދި ހުށަހަޅާނެ އެންމެ ފަހުގެ ތާރީޚަކީ އަންނަ މަހުގެ ފަހު ދުވަހެވެ. އެޕްލިކޭޝަން ފޮނުވަން ޖެހޭނީ www.a2ascholarships.iccr.gov.in ވެބްސައިޓް މެދުވެރިކޮށް، އޮންލައިންކޮށެވެ. އިންޑިއާގެ އެއްވެސް މިޝަނެއް ނުވަތަ އައިސީސީއާރުގެ އޮފީހެއް ނުވަތަ އިންޑިއާގައި ހުރި ޔުނިވާސިޓީއަކަށް މިކަމަށް އެދި ލިޔުންތަކުގެ ހާޑްކޮޕީ ހުށަނޭޅޭނެ ކަމަށް އައިސީސީއާރުން ބުނެ އެޗެ.

މި ސްކޮލާޝިޕްތަކަށް ހުށަހެޅޭނީ އުމުރުން 18 އަހަރާއި 30 އަަހަރާ ދެމެދުގެ މީހުންނަށެވެ. ޕީއެޗްޑީ އަށް ކިޔަވާ ނަމަ އުމުރުން 45 އަހަރާ ހަމައަށް ފުރުސަތު ވަނީ ދީފަ އެވެ.

ސްކޮލާޝިޕްގެ ދަށުން ކިޔެވޭނީ އިންޑިއާގެ ސްޓޭޓް ނުވަތަ ސެންޓްރަލް ޔުނިވާސިޓީއެއްގަ އެވެ. ޕްރައިވެޓް ކޮލެޖްތަކުން މި ސްކޮލާޝިޕްގެ ދަށުންނެއް ނުކިޔެވޭނެ އެވެ.