04 އެޕްރީލް 2021 - 12:54

ފައިނަލްގައި އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން މޮޅުވެ، ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ރެއާލް ސޮސިއޭޑާޑުން ހޯދައިފި އެވެ.
މިއީ ސޮސިއޭޑާޑުން 34 އަހަރުގެ ތެރޭގައި ކޮޕާ ޑެލްރޭގެ ތަށި އުފުފާލި ފުރަތަމަ ފަަހަރެވެ.
މެޗުގެ ދެވަނަ ހާފުގައި ސޮސިއެޑާޑަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ހަމައެކަނި ލަނޑު ޖެހީ މިކޭލް އޮޔާޒަބާލެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބެއް،" މެޗަށް ފަހު އޮޔަޒަބާލް ބުންޏެވެ. "މި ކާމިޔާބީގައި މި ޓީމުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. ދަނޑުގައި ނެތަސް، ސަޕޯޓަރުންގެ ކިބައިން ހަނދާން ނުނެތޭނެ."
މިއީ 2019 / 2020 ވަނަ އަހަރުގެ ސީޒަންގެ ކޮޕާ ޑެލްރޭ މުބާރާތުގެ ފައިނަލެވެ. ކޮވިޑް-19ގެ ހާލަތާ ގުޅިގެން، ފައިނަލް މެޗު އަހަރެއްހާ ދުވަހަށް ފަސްކުރީ އެވެ.
މި ސީޒަންގެ ކޮޕާ ޑެލްރޭ ފައިނަލްގައި ވެސް އެއްކޮޅުން ނުކުންނާނީ ބިލްބާއޯ އެވެ. މި އަހަރުގެ ފައިނަލްގައި މި މަހުގެ 17 ވަނަ ދުވަހު ބިލްބާއޯ ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.
ބިލްބާއޯގެ ކޯޗު މާސެލީނިއޯ ގާސިއާ ބުނީ މި މެޗުން ބަލިވުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
"ވަރަށް ދެރަވޭ މި މެޗުގެ ނަތީޖާ ނިކުތް ގޮތުން. އެކަމަކު އަހަރެމެންނަށް ނެތް މާޔޫސްވެގެން ތިބެވޭކަށް. އިތުރު ހިތްވަރަކާއެކު، ދެން އޮތް މެޗަށް ނުކުންނަންޖެހޭނީ،" ގާސިއާ ބުންޏެވެ.