އެޕޯލޯ 11 ގެ އެސްޓްރޮނޯޓް މައިކަލް ކޮލިންސް އަވަހާރަވެއްޖެ
އެޕޯލޯ 11 ގެ އެސްޓްރޮނޯޓް މައިކަލް ކޮލިންސް އަވަހާރަވެއްޖެ

ވޮޝިންޓަން (އެޕްރީލް 29) - އިންސާނުންނާ އެކު ފުރަތަމަ ފަހަރަށް 1969 ވަނަ އަހަރު ހަނދަށް ދަތުރުކުރި މިޝަނުގައި އެޕޯލޯ 11 ގެ ތިން ފަޅުވެރިންގެ ތެރޭގައި ހިމެނުނު މައިކަލް ކޮލިންސް މިރޭ އަވަހާރަވެއްޖެ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޕަބްލިކް އެފެއާޒްގެ މަގާމުގެ އިތުރުން ސަރުކާރުގެ އެހެން މަގާމުތައް ވެސް އަދާކުރެއްވި ކޮލިންސް އުމުރުން 90 އަހަރުގައި އަވަހާރަވީ ކެންސަރު ބަލީގައި ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.

ކޮލިންސްއާ އެކު މިޝަންގައި ބައިވެރިވި ނީލް އާމް ސްޓްރޯންގް އަދި ބަޒް އެލްޑްރިން ވަނީ ހަނދުގައި ހިނގައިފަ އެވެ. ތިން މީހުންގެ ތެރޭން މިހާރު ދުނިޔޭގައި ހުރީ އެލްޑްރިން، 91، އެކަންޏެވެ.

މައިކަލް ކޮލިންސް (އުފަންވެ ވަޑައިގެންނެވީ އޮކްޓޯބަރު 31، 1930) ގަ އެވެ. އޭނާ އަކީ އެމެރިކާގެ ކުރީގެ އެސްޓްރޮނޯޓެއް، ޓެސްޓް ޕައިލެޓެއް އަދި ޔޫއެސް އެއާފޯސް ރިޒާވްސްގެ މޭޖާ ޖެނެރަލެކެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ތިން ވަނަ އަހަރު ނެގި އެސްޓްރޮނޯޓުންގެ ތިން ވަނަ ގްރޫޕާ އެކު އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޖައްވަށް ދަތުރު ކުރައްވައިފަ އެވެ. ކޮލިންސްގެ ފުރަތަމަ ސްޕޭސް ފްލައިޓް ޖެމިނީ 10، ގައި ކޮމާންޑް ޕައިލެޓް ޖޯން ޔަންގާ އެކު ވަނީ "ޖައްވުމުގައި ހިންގަވައިފަ" އެވެ. ދެ ވަނަ ސްޕޭސް ފްލައިޓަކީ ހަނދަށް ކުރި ދަތުރެވެ. އެޕޯލޯ 11 ގެ ކޮމާންޑް މޮޑިއުލްގެ ޕައިލެޓެއްގެ ގޮތުގައި ވަޑައިގެންނެވި ނަމަވެސް ކޮލިންސް ހަނދަށް ފައިބައި ވަޑައިނުގަންނަވަ އެވެ. އެޕޯލޯ ލޫނާ މޮޑިއުލުން ނުކުމެވަޑައިގެން ހަނދުގައި ހިންގެވީ ނީލް އާމްސްޓްރޯންގާއި ބަޒް އަލްޑްރިން އެވެ.

ކޮލިންސަކީ ހަނދަށް ދަތުރު ކުރި 24 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި ޖައްވަށް ދިޔަ އެމެރިކާގެ 17 ވަނަ މީހާ އެވެ. އަދި އެއީ "ޖައްވުމުގައި ހިނގި" ހަތަރު ވަނަ (އެމެރިކާގެ ތިން ވަނަ) މީހާ އެވެ. ކޮލިންސަކީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޖައްވުމުގައި ހިނގި ފުރަތަމަ މީހާ ވެސް މެ އެވެ.
އެސްޓްރޮނޯޓަކަށް ވެވަޑައިގަތުމުގެ ކުރިން ކޮލިންސް ވަނީ ޔޫއެސް މިލިޓަރީ އެކަޑަމީން ގްރެޖުއޭޓް ވެވަޑައިގެންފަ އެވެ. މިލިޓަރީ އެކަޑަމީން ވަނީ އެމެރިކާގެ އެއާ ފޯސްއާ ގުޅިވަޑައިގެންފަ އެވެ. އަދި ވަނީ އެފް-86 ގެ ބޯޓު ދުއްވަވައިފަ އެވެ.

ނާސާ އިން 1970 ވަނަ އަހަރު ރިޓަރާ ކުރެއްވުމަށް ފަހު ކޮލިންސް ވަނީ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޕަބްލިކް އެފެއާޒްގެ މަގާމު އަދާކުރައްވައިފަ އެވެ. އެއް އަހަރު ފަހުން ވަނީ ނޭޝަނަލް އެއާ އެންޑް ސްޕޭސް މިއުޒިއަމްގެ ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތެވެ. އެކި ވަޒީފާތަކުން 1985 ވަނަ އަހަރު ރިޓަޔާ ކުރެއްވުމަށް ފަހު ކޮލިންސް ވަނީ އަމިއްލަ ކޮންސަލްޓިން ކުންފުންޏެއް އުފައްދަވައިފަ އެވެ.