ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެ ގެއްލުންވެއްޖެ
ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެ ގެއްލުންވެއްޖެ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެ އެވެ.

ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެ ގެއްލުންވެއްޖެ
ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެ ގެއްލުންވެއްޖެ

އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓު ކޮށްފައިވަނީ ހެނދުނު 10:00 ހާއިރު ކަމަށެވެ. އެ އަލިފާންގަނޑު 10:15 ހާއިރު ނިއްވާލާފައިވާ ކަމަށް ސިފައިން ބުނެ އެވެ.

ކުޑަކުދިންގެ ހިޔާގެ ފުރަތަމަ ބުރީގައި ރޯވި އެ އަލިފާނުގައި އެއްވެސް ކުއްޖަކަަށް އަނިޔާ ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އާއްމުކޮށްފައިވާ ފޮޓޯތަކުގައި، އެނދާއި ކަބަޑުތައް އަލިފާނުން ހަލާކުވެ ފާރުތައް ވެސް ދުމުން ކަޅުވެފައި ހުރިކަން އެނގެ އެވެ.

އުމުރުން 18-13 އަހަރާ ދެމެދުގެ ކުދިން ބަލަހައްޓާ ކުޑަކުދިންގެ ހިޔާގައި ހިނގި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.