މަސައްކަތުގެ މާހައުލުގެ ޖިންސާ ފުރައްސާރަ ހުއްޓުވަން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިއްޖެ
މަސައްކަތުގެ މާހައުލުގެ ޖިންސާ ފުރައްސާރަ ހުއްޓުވަން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިއްޖެ

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަ އާއި ގޯނާ ހުއްޓުވަން ގޮވާލައި، "ރައިޒްއަޕް އެމްވީ"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތައް ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ރާއްޖޭގެ ސިވިލް ސޮސައިޓީގެ އެހީ އަށް އެދި ގޮވާލައިފި އެވެ.

"ރައިޒްއަޕް މޫމެންޓް" އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއީ ޒުވާން އެކްޓިވިސްޓުންތަކެއް ގުޅިގެން އިންތިޒާމީ ގޮތެއްގައިި ހިންގާ ހަރަކާތެއް ކަަމަށާއި އެ މީހުން ކުރި މުޒާހަރާގައި ކުރިމަތިވި ފަދަ ހަރުކަށިކަމާ އަދިވެސް ކުރިމަތިލާން ތައްޔާރަަށް ތިބި ބައެއް ކަމަށެވެ. އެއީ ބަދަލެއް ގެނައުމަށްޓަކައި ތެދުވެ ތިބި ބައެއް ކަަމަށާއި (ފުލުހުން) އެމީހުންނާ ކުރިމަތިލި ހަރުކަށި ކަމަށް ބިރު ނުގަންނަ ކަަމަށް ވެސް ބުންޏެވެ.

"...އަޅުގަނޑުމެން މި ތިބީ ހަމަ އަނެއްކާ ވެސް އެ ހަރަކާތް ހިންގަން ތައްޔާރަށެވެ. ރޭޕާއި ޖިންސީ ގޯނާއަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދައުލަތުން ބަލައިގަންނަންދެންނެވެ،" ރައިޒްއަޕް މޫމެންޓުގެ ބަޔާނުގައި ބުންޏެވެ.

މޭޑޭގައި [ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެެރިންގެ ދުވަހުގައ] ކުރި މުޒާހަރާ ރޫޅައިލުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ތަފްސީލުތަކާ އެކު އެކަމުގެ ކަންބޮޑުވުންތައް ވެސް އެ ބަޔާނުގައި ފާޅުކޮށްގައި ވެ އެވެ.

މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާ އަށް ނުކުތް މީހުންނަށް ވުރެ ގިނަ ފުލުހުން ރަޔަޓް ގިޔަރުގައި ގޮސް އެ މީހުންނާ ކުރިމަތިލައި ތަޅައި އަނިޔާކޮށް، ޕެޕަ ސްޕްރޭ ޖެހި ކަމަށާއި އެގޮތަށް ކަންތައް ކުރީ އަޑު އުފުލި ކަންތަކުގެ ބާވަތުން ކަމަށް ވެސް ރައިޒްއަޕް މޫވްމަންޓުން ބުންޏެވެ.

އެ ޖަމާއަތުން ކުރި އެ މުޒަހާރާ ރޫޅައިލުމުގައި ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައިވާތީ، އާއްމުން ވެސް ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ތަހުގީގު ކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އަމުރުކުރައްވައިފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ އެކަން ތަހުގީގުކުރަން ފަށައިފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ވެސް ފުލުހުން، މުޒާހަރާގެ ބައިވެރިންގެ މޫނަށް ގަދަބާރުން ޕެޕާ ސްޕްރޭ ޖަހަން އުޅޭ ގޮތް ފެނެ އެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު އެޗްއާރުސީއެމުން ވަނީ އެ އެއްވުން ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.