"ޑައިވަސިޓީ" ނެތުމުން ގޯލްޑެން ގްލޯބް އެވޯޑްސް އާ ދެކޮޅަށް ނުކުމެއްޖެ
"ޑައިވަސިޓީ" ނެތުމުން ގޯލްޑެން ގްލޯބް އެވޯޑްސް އާ ދެކޮޅަށް ނުކުމެއްޖެ

އެކި ނަސްލަތުތަކުގެ މީހުން ތަމްސީލުކުރެވޭ ގޮތަށް، ޑައިވަސިޓީ އަށް އިސްކަން ނުދޭ ކަމަށް ބުނެ ގޯލްގެން ގްލޯބް އެވޯޑްސްއާ ދެކޮޅަށް ހޮލީވުޑްގެ އެތައް ބަޔަކު ނުކުންނަން ފަށައިފި އެވެ.

"ޑައިވަސިޓީ" ނެތުމުން ގޯލްޑެން ގްލޯބް އެވޯޑްސް އާ ދެކޮޅަށް ނުކުމެއްޖެ
"ޑައިވަސިޓީ" ނެތުމުން ގޯލްޑެން ގްލޯބް އެވޯޑްސް އާ ދެކޮޅަށް ނުކުމެއްޖެ

ފިލްމީ ދާއިރާގައި ދޭ އެންމެ ޝަރަފު އެއް އެވޯޑާ ދެކޮޅަށް މިހާތަނަށް ނުކުމެފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި ސްކާލެޓް ޖޮހަންސަނާއި ޓޮމް ކްރޫޒް ވެސް ހިމެނެ އެވެ. ޖޮހަސަން ވަނީ ގޯލްޑް ގްލޯބް އިންތިޒާމުކުރާ ހޮލީވުޑް ފޮރިން ޕްރެސް އެސޯސިއޭޝަން (އެފްއެޗްޕީއޭ) އިން ބާއްވާ އެއްވެސް ކަމެއްގައި އެއްވެސް ބަޔަކު ބައިވެރިނުވާން ވެސް ގޮވާލައިފަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ބުނެފައިވާ ގޮތުގައި އެފްއެޗްޕީއޭ އޮތީ ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ކުރާ ހުރިހާ ނަސްލެއްގެ މީހުންނަށް އިންސާފު ލިބޭނީ އެތަން ރިފޯމްކޮށް ހަމައަކަށް އަޅުވައިގެންނެވެ.

އެފްއެޗްޕީއޭއާ ދެކޮޅަށް އުފުލާ އަޑުތައް އިތުރުވެފައިވާ އިރު އެކަމަށް ތާއީދުކުރުމުގެ ގޮތުން ތިން ފިލްމަކުން ކްރޫޒަށް ލިބިފައިވާ ގޯލްޑެން ގްލޯބް އެވޯޑްތައް ވެސް ހަވާލުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެއީ ފިލްމު "ޖެރީ މެގްއާ" އާއި "ބޯން އޮން ދަ ފޯތު އޮފް ޖުލައި" ގެ އިތުރުން "މެގްނޯލިއާ" އިން ލިބުނު އެވޯޑްތަކެވެ.

އެފްއެޗްޕީއޭއާ ދެކޮޅަށް ނުކުންނަ މީހުން އިތުރުވަމުން އަންނަ އިރު، ގޯލްޑެން ގްލޯބް އެވޯޑް ހަފުލާ ލައިވްކުރާ
އެންބީސީން ވަނީ އަންނަ އަހަރު ބާއްވާ 79 ވަނަ އެވޯޑް ހަފުލާ ލައިވްނުކުރަން ވެސް ނިންމައިފަ އެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނީ އެފްއެޗްޕީއޭ މިހާރު އޮތީ ބޮޑެތި ބަދަލުތަކެއް ބޭނުންވެފައިވާ ކަމަށާއި އެ ބަދަލުތައް ގެންނަން މަސައްކަތްނުކުރާ ނަމަ އެކީގައި މަސައްކަތްކުރަން ބޭނުން ނުވާ ކަމަށެވެ.

"އެކަމަކު ދެހާސް ތޭވީހާ ހަމައަށް އަންނަ އިރު އަހަރެމެން އެދޭ ކަހަލަ ބަދަލުތަކެއް ގެނެސްފި ނަމަ އެ އަހަރުގެ އެވޯޑް ހަފުލާ ގެނެސްދިނުމުގެ މަސައްކަތްކުރާނަން." އެންބީސީން ބުންޏެވެ.