22 މެއި 2021 - 16:22

އަނެއްކާ ވެސް ހުޅުމާލޭގެ އިމާރާތަކުން މީހަކު ވެއްޓި ޒަހަމްވެއްޖެ އެވެ.
ވެއްޓިފައިވާ މީހާ އަށް އެހީވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ޓްވީޓްކުރި މީހަކު ބުނެފައި ވަނީ ވެއްޓި ޒަހަމްވީ ބިދޭސީއެއް ކަމަށެވެ.
ފުލުހުން ބުނީ ވެއްޓުނު މީހާ އަކީ އިމާރާތުގައި އޭސީއެއްގެ އައުޓްޑޯ ޔުނިޓެއް ހަރުކުރަން އުޅުނު މީހެއް ކަމަށެވެ. އެ މީހާ ވެއްޓުނީ އައުޓްޑޯ ޔުނިޓާ ވެސް އެކީގަ އެވެ.
އެ ވީޑިއޯ ޓްވީޓްކުރި މީހާ ބުނީ، ޒަހަމްވި މީހާ އަށް ފަރުވާ އަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ވީޑިއޯއިން ފެންނަނީ އެ މީހާގެ އަނގަމަތި ޒަހަމްވެ ލޭ ފައިބާފައިވާ ތަނެވެ.
އިއްޔެ ރޭ ވެސް ހުޅުމާލޭ އިމާރާތަކުން މީހަކު ވެއްޓިފައި ވާއިރު ރޭ މާލޭގައި ވެސް ވަނީ މީހަކު އިމާރާތަކުން ވެއްޓިފަ އެވެ. މި ދެ މީހުންނަށް ވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ކުރިން ހުޅުމާލޭގެ އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވައި ފެނުނު މީހާ އަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ވެފައިވެ އެވެ.
ކުރިން ހިނގި ދެ ހާދިސާ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.