ކޮވިޑް ޖެހިގެން 39 އަހަރުގެ ދިވެއްސަކު މަރުވެއްޖެ
ކޮވިޑް ޖެހިގެން 39 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން އުމުރުން 39 އަހަރުގެ ދިވެއްސަކު މިރޭ މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 39 އަހަރުގެ އަންހެނަކު މިރޭ 8:25 ގައި މަރުވެފައިވާ ކަމަށެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމުލަ އަދަދު 123 އަށް މިވަނީ އަރައިފަ އެވެ.

މިއަދު އެކަނި ވެސް މި ބަލީގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. މިއަދު އެންމެ ފުރަތަމަ މަރުވީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން، 59 އަހަރުގެ ފިރިހެނަކު ވެސް މަރުވި އެވެ.

މި ދެ މީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ދެ މީހުންނެވެ.

މި މަހަކީ ކޮވިޑްގައި ރިކޯޑް އަދަދަކަށް މީހުން މަރުވި މަހެކެވެ. މިއަދުގެ ތިން މަރާ އެކު ބަލީގައި މި މަހު އެކަނި ވެސް 50 މީހަކު މަރުވެފައިވެ އެވެ.