ބެޓިން ވިޔަފާރިގައި ބައިވެރިވި އިބްރޮހިމޮވިޗަށް އަދަބު ދިފި
ބެޓިން ވިޔަފާރިގައި ބައިވެރިވި އިބްރޮހިމޮވިޗަށް އަދަބު ދިފި

ސްޓޮކްހޯމް (27 މެއި) - ބެޓިން ކުންފުންޏެއްގެ ހިއްސާ ގަތުމުން، އޭސީ މިލާންގެ ސްވިޑެންގެ ފޯވަޑް ޒްލަޓާން އިބްރޮހިމޮވިޗް ޖޫރިމަނާކޮށްފި އެވެ.

މިދިޔަ މަހު ސްވިޑެންގެ މީޑިއާތަކުން ބުނެފައި ވަނީ، މާލްޓާގެ ބެޓިން ކުންފުނީގެ ކޯއޯނަރަކީ އިބްރޮހިމޮވިޗް، 39، ކަމަށެވެ. އެ ކުންފުންޏާ އޭނާ ގުޅުނީ 2018 ގަ އެވެ.

އެކަމާ ގުޅިގެން ޔޫއެފާއިން ވަނީ، އިބްރޮހިމޮވިޗް 50،000 ޔޫރޯއިން ޖޫރިމަނާ ކޮށްފަ އެވެ. ހަމަ އެ އާޓިކަލްގެ ދަށުން އޭސީ މިލާންވެސް 25،000 ޔޫރޯއިން ޖޫރިމަނާކުރި އެވެ.

ފީފާގެ ކޯޑް އޮފް އެތިކްސްގައި ބުނެފައި ވަނީ، ބެޓިންއާ ގުޅޭ އެއްވެސް ކަމެއްގައި ކުޅުންތެރިޔަކަށް ބައިވެރި ނުވެވޭނެ ކަމަށެވެ. ބެޓިން އަކީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ގާނޫނީ ގޮތުން ހުއްދަ ކަމަކަށް ވިޔަސް މިކަމާ ގުޅޭ ހަރުކަށި އުސޫލުތައް ހުރެ އެވެ.

ފަސް އަހަރަށް ފަހު އަލުން ގައުމީ ޓީމަށް ކުޅެން ފެށި އިބްރަހިމޮވިޗަށް އަނިޔާވެފައި ވާތީ، އަންނަ މަހު ފަށާ ޔޫރޯގައި ނުކުޅެވޭނެ އެވެ.