ފިރިހެނުންގެ ފެޝަން ވީކް މިފަހަރު ތަފާތު
ފިރިހެނުންގެ ފެޝަން ވީކް މިފަހަރު ތަފާތު

ފިރިހެނުންގެ ފެޝަން ވީކް ލަންޑަނާއި މިލާނުގައި ފަށައިފި އެވެ. މި ފެޝަން ވީކްގައި ބައިނަލްއަގުވާމީ އެންމެ ބޮޑެތި ބްރޭންޑުތައް އެމީހުންގެ ޑިޒައިން ކަލެކްޝަންތައް ދުނިޔޭގެ އެންމެ މަގުބޫލު ސިޓީތަކުގައި ދައްކާލާނެ އެވެ.

ފިރިހެނުންގެ ފެޝަން ވީކް މިފަހަރު ތަފާތު
ފިރިހެނުންގެ ފެޝަން ވީކް މިފަހަރު ތަފާތު

މި އަހަރު ވެސް ފިރިހެންވަންތަ ތަފާތު ސްޓައިލްތައް ފެނުނެވެ. ނަމަވެސް ފިރިހެނުންގެ ކަލެކްޝަންތައް ހުށަހަޅައިދޭ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނެސްފައިވާކަން ފާހަގަވި އެވެ.

ފިރިހެނުންގެ ފެޝަން ވީކް މިފަހަރު ތަފާތު
ފިރިހެނުންގެ ފެޝަން ވީކް މިފަހަރު ތަފާތު

ބާބަރީ، ގުޗީ އަދި ކެލްވިން ކްލެއިން ފަދަ ބޮޑެތި ބްރޭންޑުތައް ފިރިހެނުންގެ ފެޝަން ވީކްގައި އެމީހުންގެ ކަލެކްޝަންތަކެއް ނުދައްކާނެ އެވެ. އެގޮތުން މި ބްރޭންޑުތަކުން ފިރިހެނުންގެ ޑިޒައިންތައް ހުށަހަޅާނީ އަންހެނުންގެ ފެޝަން ވީކްގަ އެވެ. މިއީ ބްރޭންޑުތަކުން މިއަހަރު ގެނައި އެންމެ ބޮޑު ބަދަލު ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

ލަންޑަނާއި މިލާންގައި މިހާތަނަށް ދައްކާލި ކަލެކްޝަންތަކުން މިއަހަރު އަދި އަންނަ އަހަރު މަގުބޫލު ވާނެ މައިގަނޑު ޓްރެންޑްތައް ފެނުނެވެ. ފަޔަށް ދޫކޮށް ފަހައި ސްޓައިލްކޮށްފައިވާ ފަޓުލޫނަކީ ޖޯޖިއޯ އަރްމާނީ، ޖޭ ޑަބްލިއު އެންޑާސަން ފަދަ މަޝްހޫރު ޑިޒައިނަރުންގެ ރަންވޭ ޝޯތަކުން ފާހަގަވި ޓްރެންޑެކެވެ. ފެޝަން ކްރިޓިކުންނާއި މާހިރުން ބުނާ ގޮތުގައި ސްކިނީ ޖިންސު ސްޓައިލް މިހާރު ދަނީ އުވެމުންނެވެ.

90ގެ އަހަރުތަކުގައި މަޝްހޫރުވި މިއުޒިކް ބޭންޑު އޮއޭސިސްގެ ލަވަކިޔުންތެރިއާ ލިއޭމް ގަލަހާގެ 17 އަހަރުގެ ފިިރިހެން ދަރިފުޅު ލެނޮން ޓޮޕްމޭން ބްރޭންޑުގެ މޮޑެލެއް ގޮތުގައި ފެނުމުން ގިނަ ބަޔަކު ހައިރާންވެ ތައުރީފު ކުރި އެވެ.

ފެޝަން ވީކްގެ ޝޯތަކުގެ އިތުރުން، ޝޯ ބަލަން ދާ މީހުންގެ ސްޓައިލަކީ މިހާރު ފެޝަން ވީކްގެ ބޮޑު ބައެކެވެ. މިފަހަރުގެ ފިރިހެނުންގެ ފެޝަން ވީކް ސްޓްރީޓް ސްޓައިލް ފޮޓޯތަކުން އެކި ސްޓައިލިޝް އެޑިޓަރުން، ޖާނަލިސްޓުން އަދި ސެލެބްރިޓީން ފާހަގަވި އެވެ. އެންމެ ފަހުގެ ޑިޒައިނާ ގަމީސް ނުވަތަ ކޯޓު ތަފާތު ގޮތްގޮތަށް ސްޓައިލްކޮށްފައި ތިއްބެވެ.

ފިރިހެނުންގެ ފެޝަން ވީކް، ނިއު ޔޯކް އަދި ޕެރިހުގައި ވެސް ކުރިއަށްދާނެ އެވެ. އަދި އަންނަ މަހު ފެޝަންގެ އެންމެ ބޮޑު އަދި އަގު ބޮޑު ފަރުމާކުރުންތައް ހުށަހަޅައިދޭ ޝޯތައް "އޯޓް ކުޓުއާ ފެޝަން" ފެނިގެންދާނެ އެވެ.