ހިޔާ ފްލެޓް ލިބުނު މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި
ހިޔާ ފްލެޓް ލިބުނު މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި

ހިޔާ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓުތައް ލިބުނު މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން މިއަދު ފަށައިފި އެވެ.

"މަގޭ ހިޔާ"ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ތިން ޕެކޭޖެއްގެ ދަށުން ސާމާނު ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ ރަން، ރިހި އަދި ހުދު ރަން ޕެކޭޖެވެ.

މި ޕްރޮމޯޝަނުގެ ދަށުން ތިން ޕެކޭޖަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ބީއެމްއެލް އިސްލާމިކް އާއި އެމްއައިބީ އާއި އެމްއެފްއެލްސީ މެދުވެރިކޮށް މުދާ ގަންނަ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

އެސްޓީއޯއިން ވަނީ މި ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންނަށް ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. މި ލަކީޑްރޯއިން އެއްވަނައަށް ދާ މީހަކަށް 20،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު ދެވަނައަށް 10،000ރ. ގެ ފައިސާގެ އިނާމާއި ތިންވަނައަށް 5،000ރ. ގެ ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުން ގަންނަ ތަކެތި ޑެލިވާ ވެސް ކޮށްދޭނެ އެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ފްލެޓު ލިބިފައިވާ ކަމުގެ ލިޔުމާއި ފްލެޓު ލިބުނު މީހާގެ އައިޑީ ކާޑު ހުށަހެޅުމުން ކަމަށެވެ.