04 ޖުލައި 2021 - 23:40

ކޮވިޑް-19 އަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 127 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް 4،641 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ.
އޭގެ ތެރެއިން މާލެ ސަރަހައްދުން 26 މީހުންނާއި އެކި ރަށްރަށުން 79 މީހުންނާއި ރިސޯޓުތަކުން ހަ މީހުންނާއި ތަރައްގީކުރަމުން އަންނަ ރަށްރަށުން ތިނެއް އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުން 13 މީހުން ޕޮޒިޓިވްވެފައިވެ އެވެ.
ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް 21 އަށް ދަށްވެފައިވެ އެވެ. ހަމައެއާ އެކު، ކޮވިޑުގެ އެކްޓިވް ކޭސްތައް ވެސް 3،237 އަށް މަދުވެފައިވެ އެވެ.
ބަލިން 166 މީހުން މިއަދު ރަނގަޅުވެފައިވެ އެވެ. އެހެންވެ، އެ ބަލިން މުޅިން ފަސޭހަވި މީހުންގެ އަދަދު ވަނީ 70،889 އަށް އަރައިފަ އެވެ.