އިޒްރޭލުގައި ރޯވި އަލިފާން ނިއްވައިދޭން ފަލަސްތީނުން އެހީވަނީ
އިޒްރޭލުގައި ރޯވި އަލިފާން ނިއްވައިދޭން ފަލަސްތީނުން އެހީވަނީ

ގުދުސް (ނޮވެމްބަރު 26) - އިޒްރޭލުގެ ޖަންގަލިތަކުގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވާލުމުގައި ފަލަސްތީނުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އިޒްރޭލުގައި ރޯވި އަލިފާން ނިއްވައިދޭން ފަލަސްތީނުން އެހީވަނީ
އިޒްރޭލުގައި ރޯވި އަލިފާން ނިއްވައިދޭން ފަލަސްތީނުން އެހީވަނީ

ފަލަސްތީނުގެ މުނިސިޕަލް އިދާރާ އިން ބުނީ ހައިފާގައި ރޯވި އަލިފާން ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދޭން އަލިފާން ނިއްވާ 41 މީހުންނާއި އަށް ޓްރަކް ފޮނުވާފައިވާ ކަމަށެވެ.

އިޒްރޭލުގައި ރޯވި އަލިފާން ނިއްވައިދޭން ފަލަސްތީނުން އެހީވަނީ
އިޒްރޭލުގައި ރޯވި އަލިފާން ނިއްވައިދޭން ފަލަސްތީނުން އެހީވަނީ

އަލިފާން ރޯކުރި ކަމަށް އިޒްރޭލުން ތުހުމަތުކޮށްފައި ވަނީ އިޒްރޭލް-ފަލަސްތީނު ހަމަނުޖެހުންތަކާ ގުޅިފައިވާ ކޮންމެވެސް ބައެއް ކަމަށެވެ. އިޒްރޭލުން ވަނީ އަލިފާން ރޯކުރިކަމުގެ ތުހުމަތު ފަލަސްތީނަށް ވެސް ކޮށްފަ އެވެ.

ހައިފާގައި ރޯވި އަލިފާން މިހާރު ވަނީ ރާމުﷲ އާއި ގުދުސް އާއި ކައިރީގައިވާ ނަތާފް އަދި ހުޅަނގު އައްސޭރީގެ ބައެއް ހިސާބުތަކަށް ފެތުރިފަ އެވެ. ފުލުހުން ބުނީ ރާމުﷲ އިން 45 ގެއެއް އަނދާ ހުލިވެފައިވާ ކަމަށެވެ.

އަލިފާން ނިއްވުމުގައި ދަނީ ރަޝިޔާ، ތުރުކީ، ގްރީސް، ފްރާންސް، ސްޕޭން އަދި ކެނެޑާ އިން ބައިވެރިވަމުންނެވެ. އަލިފާން ނިއްވުމުގައި ބޭނުންކުރާ ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު އެމެރިކާގެ ސުޕަޓޭންކަރު ވެސް މިހާރު ވަނީ އިޒްރޭލަށް ފޮނުވައިފަ އެވެ.

އިޒްރޭލް ފުލުހުން ބުނީ އަލިފާން ޖެހިކަމުގެ ތުހުމަތުގައި 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ބައެއް ހިސާބުތަކުގައި އަލިފާން ޖަހާފައި ވަނީ ގަސްދުގައިކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށެވެ. އަދި އެކަން ކުރި ބަޔަކު އެނގޭ ނަމަ ހަރުކަށި އަދަބު ދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.