30 ޖުލައި 2021 - 15:11

މާލޭގައި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އދ. ކުނބުރުދުއަށް ނިސްބަތްވާ އަހުމަދު ނައުފަލް އެވެ. އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން އޭނާ ހޯދަމުން ދާތާ ތިން ދުވަސް ވެއްޖެ އެވެ.
އާއިިލާއިން ވަނީ އޭނާ ގެއްލިގެން ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
ނައުފަލްއަކީ ދޯންޏެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނާ މާލެ އައީ މިދިޔަ ހަފުތާގަ އެވެ.