ރިޒް ކާލްޓަން ސްޕާ ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރިޒް ކާލްޓަން ސްޕާ ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ. ގަމަރުގިރި ކައިރީ އޮންނަ ރިޒް ކާލްޓަން ސްޕާ ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލުފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 12:30 ހާއިރު ކަމަށެވެ. އަދި އެ ރިސޯޓުގެ މުވައްޒަފުން ވަނީ ރޯވި އަލިފާންގަނޑު ނިވާލާފައި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ރޯވެފައިވަނީ ރިސޯޓުގެ ވޯޓާ ވިލާއެއްގެ ފަންގިފިލާ އާއި ފާހަނައިގަ އެވެ. އަދި އަލިފާނުގެ ސަބަބުން ވޯޓާ ވިލާއަށް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ.

އެމްއެންޑީއެފްގެ ފަޔާ ޓީމް މިހާރު އަންނަނީ އަލިފާން ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.