ކުޑަކުދިންނަށް ކާން ދޭން ބޭނުންކުރާ "މުޝީ" ބްރޭންޑުގެ ތަށިތަކެއް ބޭނުން ނުކުރަން އަންގައިފި
ކުޑަކުދިންނަށް ކާން ދޭން ބޭނުންކުރާ "މުޝީ" ބްރޭންޑުގެ ތަށިތަކެއް ބޭނުން ނުކުރަން އަންގައިފި

ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "މުޝީ" ބްރޭންޑްގެ ސިިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސްނެކް ކަޕުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭތީ އެ ތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ތަށިތަކަށް ކާބޯތަކެތި އެޅުމުން ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށެވެ.

"މުޝީ" ބްރޭންޑުގެ ސިިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސްނެކް ކަޕް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާތީ އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ގެއްލުންވާނެ މިންވަރު ބެލުމުގެ މަސައްކަތް އެމްއެފްޑީއޭ އިން ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުންޏެވެ.

އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ގޮތެއް އަންގަންދެން އެ ތަކެތި ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭ އިން އަންގަ އެވެ.