މެސީ، ކޮން ޓީމަކަށް؟ ސިޓީ، ޕީއެސްޖީ، ޗެލްސީއަށްތަ؟
މެސީ، ކޮން ޓީމަކަށް؟ ސިޓީ، ޕީއެސްޖީ، ޗެލްސީއަށްތަ؟

ބާސެލޯނާ (އޯގަސްޓް 6) - މިއީ ހޫނު މޫސުމުގެ ޓްރާންސްފާގެ އެންމެ ބޮޑު ޚަބަރެވެ. އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ، 17 އަހަރަށް ފަހު ބާސެލޯނާ ދޫކޮށްލާ ވާހަކަ އެވެ. އެ ޚަބަރު ސްޕެއިންގެ މީޑިއާތަކުގައި އިއްޔެ އިން ފެށިގެން ދިޔައީ ފަތުރަމުންނެވެ. ޔޯލަ ވާހަކައެއްގެ ގޮތުގައި އޮތް އެ ޚަބަރު ތެދު ހަގީގަތަކަށްވީ ބާސާ އިން ރަސްމީކޮށް އެކަން އިއުލާން ކުރުމުންނެވެ.

މެސީ، ކޮން ޓީމަކަށް؟ ސިޓީ، ޕީއެސްޖީ، ޗެލްސީއަށްތަ؟
މެސީ، ކޮން ޓީމަކަށް؟ ސިޓީ، ޕީއެސްޖީ، ޗެލްސީއަށްތަ؟

ބާސެލޯނާއާ އެކު މެސީ ކުރިއަށް ނުދާނެ، ކަމަށް އެ ކަލަބުން އިއުލާން ކުރީ އެވެ. މެސީ ގެންދަން ބޭނުން ނުވާ ކްލަބެއް އޮތް ހެނެއް ހިއެއް ނުވެ އެވެ. އެއިން ކްލަބަކުން އޭނާ ގެންދަން ބޭނުން ނަމަ އެއީ ވަރަށް ފަސޭހަ އަދި ވަރަށް އުނދަގޫ ވެސް ކަމެކެވެ. ފަސޭހަވާ ސަބަބަކީ ކޮންމެ ކްލަބަކަށް މެސީ ބަދަލުވިޔަސް ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެންދެވޭން އޮތުމެވެ. އުނދަގޫވާ ސަބަބަކީ މެސީ އަށް ދޭން ޖެހޭ ބޮޑު މުސާރަ އެވެ. ކޮންމެ ކޮންމެ ކްލަބަކަށް އެ ވަރުގެ މުސާރައެއް ދެވޭނެހެން ހިއެއް ނުވެ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެކޯޑް އަދަދަކަށް ހޯދާފައިވާ ކުޅުންތެރިޔާ، އާދައިގެ މުސާރައެއްގައި އެއްވެސް ކަލްބަކާ ނުގުޅޭނެ އެވެ. ބާސެލާނާ އިން މެސީ އަށް މުސާރައިގެ ގޮތުގައި އަހަރަކު 40 މިލއަނެއްހާ ޑޮލަރު ދެ އެވެ.

މެސީ، ކޮން ޓީމަކަށް؟ ސިޓީ، ޕީއެސްޖީ، ޗެލްސީއަށްތަ؟
މެސީ، ކޮން ޓީމަކަށް؟ ސިޓީ، ޕީއެސްޖީ، ޗެލްސީއަށްތަ؟

އެހެން ކްލަބަކަށް ދާނަމަ މެސީ ބަދަލުވާނީ އެއަށް ވުރެ ބޮޑު މުސާރައަކަށެވެ. ކޮވިޑުގެ ޕެންޑެމިކް ތެރޭގައި ވެސް އެ ވަރުގެ މުސާރައެއް ދެވޭނެ ދެތިން ހަތަރު ކްލަބެއް ޔޫރަޕުގައި އެވެ. މި ލިޔުމުގައި މި ވަނީ މެސީ ބަދަލު ވާނެ ކަމަށް ބެލެވޭ ކްލަބުގެ ތެރެއިން ބައެއް ކްލަބުތަކުގެ ވާހަކަ އެވެ.

މެސީ، ކޮން ޓީމަކަށް؟ ސިޓީ، ޕީއެސްޖީ، ޗެލްސީއަށްތަ؟
މެސީ، ކޮން ޓީމަކަށް؟ ސިޓީ، ޕީއެސްޖީ، ޗެލްސީއަށްތަ؟

ސިޓީ އާއި މެސީ ގުޅުވައި ވާހަކަ ދައްކަނީ އަލަކަށް ނޫނެވެ. ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޝާހީ އާއިލާއާ ގާތް ގުޅުމެއް އޮންނަ ސިޓީގެ ކިބައިގައި މެސީގެ މުސާރަ އުފުލޭނެވަރުގެ ގާބިލުކަން މާބޮޑަށް ވެސް އެބަހުއްޓެވެ.

އެސްޓަން ވިލާގެ މިޑްފީލްޑާ ޖެކް ގްރިލީޝް 118 މިލިއަން ޑޮލަރަށް ސިޓީން ވަނީ ގަނެފަ އެވެ. ކުރިއަށް އޮތީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންގެ ޓްރާންސްފާ ކަމަށް ވާހަކަ ދެކެވެ އެވެ. އެހެން ނަމަވެސް ބާސާގައި މެސީ މަޑުނުކުރާނެ ކަމަށް އެ ކްލަބުން އިއުލާން ކުރުމުން ސިޓީން ވެސް އިސްކަންދޭ ތަރުތީބު ބަދަލުކޮށްފާނެ އެވެ. އެންމެ އަވަހަށް ގެންނަން ބޭނުންވާ ކުޅުންތެރިޔާ އަކީ މެސީ ކަމަށް ވުން ކައިރި އެވެ. ސިޓީގެ ބެނާޑޯ ސިލްވާ އާއި ރިޔާދު މަހްރޭޒް ވިއްކާލެވިއްޖެ\ނަމަ މެސީ ގެނައުމަށް ސިޓީއަށް ފައިސާ އާއި ފުރުސަތު ވެސް ތަނަވަސް ކުރެވޭނެ އެވެ.

ސިޓީއަށް ބަދަލުވުމުގެ ފުރުސަތު މެސީ ވެސް ހެޔޮ ހިތުން ބަލައިގަންނާނެ އެވެ. ސަބަބަކީ ސިޓީގައި ކޯޗް ޕެޕް ގާޑިއޯލާ ހުރުމެވެ. މެސީގެ މޮޅު ކުޅުމުގައި އެންމެ ފުރިހަމަ އަށް ޖާދޫ ދެއްކީ ގާޑިއޯލާގެ ކޯޗުކަމުގަ އެވެ. ގާޑިއޯލާ އާއި މެސީގެ ރިޔޫނިއަން އަކީ ބާސާގެ ތާރީހުގައިި ވެސް އައި އެންމެ ރަން ޒަމާނުގެ ދުވަސްތަކެވެ.

ތަށި ހޯދޭނެ ޓީމެއް މިހާރު ވެސް ސިޓީގައި ބިނާ ކޮށްފައި އެބައޮތެވެ. އަންނަ ސީޒަންގައި ވެސް ޕްރިމިއާ ލީގުގެ ފޭވަރިޓަކީ ސިޓީ އެވެ. އެ ބުންވަރާއި ހަކަތަ އެ ޓީމުގައި އެބަހުއްޓެވެ. ސިޓީގެ ޓީމަށް މެސީ އިތުރު ވެއްޖެނަމަ އެ ޓީމުގެ ފެންވަރާ މެދު ދެ ވަނަ ސުވާލެއް ވެސް ނެތެވެ.

މެސީއާ ވަކިން، ގާޑިއޯލާ އަށް ޗެމްޕިއަންސް ލީގު ހޯދިފައެއް ނުވެ އެވެ. މެސީއާ ވަކިން ގާޑިއޯލާ އަށް، އެ މުބާރާތުގެ ތައްޓާ އެންމެ ކައިރި އަށް ދެވުނީ ވެސް މިދިޔަ ސީޒަންގަ އެވެ. ފައިނަލުގައި ތޯމަސް ޓުޗެލްގެ ޗެލްސީ އަތުން ގާޑިއޯލާގެ ޓީމު ބަލިވީ އެވެ. މެންޗެސްޓާ ސިޓީއާ އެކު ޕެޕް ގަޑިއޯލާ ނުހޯދާ ހަމައެކަނި މުބާރާތަކަށް އޮތީ ވެސް ޗެމްޕިއަންސް ލީގު އެކަންޏެވެ.

އަންނަ ސީޒަނާ ސިޓީ ކުރިމަތި ލަނީ، އިނގިރޭސި ޑޮމެސްޓިކް ތިން މުބާރާތުގެ އިތުރަށް ޗެމްޕިއަންސް ލީގު ވެސް ހޯދުމަށެވެ. އެ ޓާގެޓަށް ވާސިލުވުމަށް މެސީގެ ޓްރާންސްފާ އަކީ ރަނގަޅު ވިޔަފާރިއެކެވެ.

މާލީ ހާލަތަށް ބަލާއިރު، މެންޗެސްޓާ ސިޓީ އަށް އޮތް ފުރުސަތު ޕީއެސްޖީ އަށް ވެސް އެބައޮތެވެ. ހަމަހަމަ ފުރުސަތެކެވެ. ފްޓްބޯލް ޓްރާންސްފާގެ ތަޖްރިބާކާރު ނޫސްވެރިޔާ، ފެބްރިޓްޒިއޯ ރޮމާނޯ ބުނީ، ބާސާގައި މެސީ މަޑު ނުކުރާނެ ކަން އިއުލާން ކުރި ފަހުން، ޕީއެސްޖީން ސީދާ މެސީއާ ވާހަކަ ދައްކަން ފަށައިފި ކަމަށެވެ.

މެސީ އާއި ނޭމާގެ ރީޔޫނިއަން، މީގެ ކުރިން އޮތީ ފެނިފަ އެވެ. ލުއިސް އެންރީކޭގެ ކޯޗުކަމުގެ ދަށުން ސީޒަންގެ ތިން ތަށި ހޯދިއިރު ބާސާގެ އެޓޭކް ބިނާވެފައި އޮތީ ދެކުނު އެމެރިކާގެ ކޮމްބިނޭޝަނެއްގެ ގޮތުގަ އެވެ. އާޖެންޓިނާގެ މެސީ އާއި ބްރެޒިލްގެ ނޭމާ އާއި އުރުގުއޭގެ ލުއިސް ސުއަރޭޒްގެ ޕާޓްނާޝިޕަށް، ސްޕެއިންގެ މީޑިއާތަކުން ނަން ދިނީ މަޝްހޫރު މައިކްރޯސޮފްޓްގެ އިންޓަނެޓް ސާވިސް އެމްއެސްއެންއާ ގުޅުވަ އެވެ.

ބާސާ ދޫކޮށް 2017 ގައި ނޭމާ، ޕީއެސްޖީ އަށް ބަދަލުވި ނަމަވެސް، މެސީ އާއި ދެމެދުގައި އޮތް އެކުވެރިކަމާއި ގާތްކަން އެބައޮތެވެ. މެސީ އާއި ސުއަރޭޒް އަދި ނާމޭގެ ވަޓްސްއެޕް ގުރޫޕުގެ ވާހަކަ އަކީ ސްޕެއިންގެ މީޑީއާތަކުގައި މަޝްހޫރު ވާހަކަ އެކެވެ. އެ ވަޓްސްއެޕް ގުރޫޕް އަދި ވެސް އެކްޓިވްކޮށް ކުރިއަށް އެބަ ދެ އެވެ. ބާސާގައި މެސީ ނުހުންނާނެ ކަމަށް އިއުލާން ކުރުމުން، ނޭމާގެ ފަރާތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އޭނާ ދިނީ ހިތެކެވެ. މެސީ އާއި ނޭމާ އެކުގައި ޕީއެސްޖީން ފެންނަން ބޭނުންވާކަން ނޭމާ ހާމަކުރި މިގޮތަށެވެ.

ނޭމާ އާއި މެސީ ޕީއެސްޖީގެ ޖޯޒީގައ ބައްދާލައިގެން ތިބޭ ފޮޓޯއެއް އެޑިޓް ކުރުމަށް ފަހު އާޖެންޓީނާގެ ކުޅިވަރު ޗެނަލް ޓީއެންޓީ ސްޕޯޓްސް އިން އިންސްޓްގްރާމްގައި ހިއްސާ ކުރި ޕޯސްޓަށް ނޭމާ ވަނީ ރިއެކްޓް ކޮށްފަ އެވެ.

ޕީއެސްޖީ އަށް މެސީ މުހިންމެވެ. ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓާ ލިއޮނާޑާ މީގެކުރިން ބުނެފައި ވަނީ މެސީ ފަދަ ވޯލްޑް ކްލާސް ކުޅުންތެރިންނަށް ޕީއެސްޖީން އަބަދުވެސް ޝައުގުވެރިވާ ކަމަށެވެ. ޕީއެސްޖީ އަށް އެކަން މުހިންމުވާ އެއް ސަބަބަކީ ކިލިޔަން އެމްބާޕޭއާ މެދު ޔަގީންކަން ނެތުމެވެ. އަންނަ އަހަރު ޖޫން މަހު އޭނާގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. އެ ކޮންޓްރެކްޓް އާ ނުކޮށްފިނަމަ ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ބޭނުން ކޮންމެ ކްލަބަކަށް ދިއުމުގެ ފުރުސަތު އޭނާ އަށް ލިބޭނެ އެވެ. އެހެންވާކަށް ޕީއެސްޖީން ބޭނުމެއް ނުވެ އެވެ. ކްލަބު ދޫކޮށް ދާނަމަ ވެސް ޓްރާންސްފާ ފީއެއް ޕީއެސްޖީ އަށް ލިބެން ޖެހޭނެ ކަމަށް އެ ކްލަބުން ގަބޫލު ކުރެ އެވެ. ރެއާލް މެޑްރިޑް މިހާރު ވެސް އޮތީ އެމްބާޕޭގެ އިންތިޒާރުގަ އެވެ. މިފަހަރުގެ ޓްރާންސްފާ ޕީރިއަޑުގައި ރެއާލްއިން ޚަރަދު ކުރާ ނަމަ އެ ހަރަދު ކުރާނީ އެމްބާޕޭ ގެނައުމަށެވެ.

ޕީއެސްޖީ އަށް އެމްބާޕޭ މުހިންމެވެ. އެކަމަކު އޭނާ ދޫވުމުގެ ބިރު ވެސް އެބައޮތެވެ. އެހެން ވެއްޖެނަމަ އެ ޓީމުގެ އެޓޭކް ފުނޑުނީ އެވެ. އެހެންވިޔަ ނުދިނުމަށްޓަކައި މެސީގެ ޓްރާންސްފާ ޕީއެސްޖީއަށް މުހިންމެވެ.

ޕީއެސްޖީ އޮތީ ޗެމްޕިއަންސް ލީގު ހޯދުމަށް ޓީމު ހަދައިފަ އެވެ. މެސީ އެ ކްލަބަށް ބަދަލުވާ ނަމަ އެހެން ގޮތްގޮތުން ވެސް ފަސޭހަތަކެއް ލިބޭނެ އެވެ. ސްޕެއިންގައި ކުރިމަތިވާ ޓެކްސް މައްސަލައިގެ އުނދަގުލެއް ފްރާންސްގައި ކުރިމައްޗެއް ނުވާނެ އެވެ. ޕެރިހަކީ ދިރިއުޅެން ފަސޭހަ ސިޓީއެއް ވެސް މެ އެވެ.

ޗެލްސީން މި ވަގުތު އެންމެ ބޭނުން ވަނީ ސްޓައިކަރެކެވެ. އެ ޓީމުގެ ޓާގެޓަކީ އިންޓަ މިލާންގެ ފޯވަޑް ރޮމެލޫ ލުކާކޫ އެވެ. އެކަމަކު މެސީގެ ޓްރާންސްފާ އަށް ޗެލްސީން ވެސް އިސްކަން ނުދޭންވީ ސަބަބެއް ނެތެވެ. ޗެލްސީގެ ޓީމޯ ވާނާ ގެންދިއުމަށް ބަޔާން މިޔުނިކްގެ އާ ކޯޗް ހޫލިއަން ނާގެލްސްމަން ޝައުގުވެރި ވެއެވެ. ވާނާ އެންމެ މޮޅު ކުޅުމެއް ދެއްކީ، ނާގެލްސްމަންއާ އެކު އާރްބީ ލައިޕްޒިގަ އެވެ. ބަޔާން އަށް ވާނާ ވިއްކާލުމަކީ ވެސް ނުވާނެ ކަމެކޭ ނުބުނެ ވޭނެ އެވެ. ވާނާ ވިއްކާލައިގެން ލިބޭ ފައިސާއިން މެސީ ގެނައުމަށް ޗެލްސީން ނުވިސްނަންވީ ސަބަބެއް ނެތެވެ.

ލުކާކޫގެ ޓްރާންސްފާ އަށް މަސައްކަތް ކުރުމުގެ ކުރިން ޗެލްސީން އުޅުނީ، ބްރޯޝިއާ ޑޯޓަމުންޑްގެ އާލިންގް ހާލޭންޑް ގެނައުމަށެވެ. އެއީ ބޮޑު ހޭދައެއް ކުރަން ޖެހޭނެ ޓްރާންސްފާ އެކެވެ. އެކަމަކު މެސީ ގެންނަން ޓްރާންސްފާގައި އެންމެ ޕައުންޑެއް ވެސް ހޭދަ ކުރާކަށް ނުޖެހެ އެވެ. ޗެލްސީން ޖާމިނުވާން ޖެހޭނެ ހަމައެކަނި ކަމަކީ މެސީގެ ބޮޑު މުސާރަ އެވެ. ކްލަބުގެ ފެންވަރާއި ތަނަވަސް ކަމަށް ބަލާއިރު ޗެލްސީ އަކީ އެވަރުގެ ބޮޑު ހޭދައެއް ކުރެވޭނެ ކްލަބެކެވެ.