ކޮވިޑަށް ޕޮޒިޓިވްވި ޓީޗަރުން ރާއްޖެ އައުމުން އެންޓިބޮޑީ ޓެސްޓް ހަދާނެ
ކޮވިޑަށް ޕޮޒިޓިވްވި ޓީޗަރުން ރާއްޖެ އައުމުން އެންޓިބޮޑީ ޓެސްޓް ހަދާނެ

ސްކޫލުގެ ބޮޑު ބަންދަށް ފަހު އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްކަން ރިޕޯޓުކޮށްފައިވާ ޓީޗަރުން ރާއްޖެ އައުމުން އެންޓިބޮޑީ ޓެސްޓެއް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި ޓީޗަރުން ރާއްޖެ އައުމުން އެންޓިބޮޑީ ޓެސްޓް ހަދާނެ
ކޮވިޑަށް ޕޮޒިޓިވްވި ޓީޗަރުން ރާއްޖެ އައުމުން އެންޓިބޮޑީ ޓެސްޓް ހަދާނެ

ހަށިގަނޑުގައި އެންޓިބޮޑީ ހުރުމަކީ ވައިރަސް ހުރެ އެއާ ދެކޮޅަށް ހަށިގަނޑު މަސައްކަތްކޮށްފައިވުމެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޗުއްޓީއަށް ދިޔަ ފަހުން ބައެއް ޓީޗަރުންނަށް ބަލި ޖެހިފައިވާ ކަމަށެވެ. އެކަމަކު އެއީ ވަރަށް މަދު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން އެބަ ޕޮޒިޓިވްވަމުންދޭ. އަޅުގަނޑުމެން މި ޕޮޒިޓިވްވާ ބޭފުޅުންގެ އެންޓިބޮޑީ ޓެސްޓެއް ހަދާލާނަން ފަހުން އެނބުރި [ރާއްޖެ] އައުމުން؛" މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޗުއްޓީ ނިންމައި ރާއްޖެ އަންނަން ކައިރިވެފައި ހުއްޓައި ބައެއް ބިދޭސީ ޓީޗަރުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމުގެ ރިޕޯޓް މިނިސްޓްރީއަށް ފޮނުވައިފަ އެވެ. ނަމަވެސް އެ ނަތީޖާތަކުގައި ޝައްކުތަކެއް ހުރުމުން، އެންޓިބޮޑީ ޓެސްޓް ހަދާނެކަން އެ ޓީޗަރުންނަށް އަންގާފައިވާ ކަމަށް އެނގިފައިވެ އެވެ.

ދޮޅު މަސް ދުވަހުގެ ބަންދަކަށް ފަހު އަންނަ އަންގާރަ ދުވަހު މި އަހަރުގެ ދިރާސީ އާ އަހަރު ފަށާނެ އެވެ. އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ ރާއްޖެ އިން ބޭރުން އައިސް ބައެއް ޓީޗަރުން ކަރަންޓީނުގައި ތިއްބަސް ކިޔެވުން ނުހުއްޓި ކުރިއަށްދާ ވަރަށް ސްކޫލުތަކުގައި ޓީޗަރުން އެބަތިބި ކަމަށެވެ. އަދި އެ ޓީޗަރުން ކަރަންޓީނުގައި ތިއްބަސް އޮންލައިންކޮށް ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި ޓީޗަރުން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.