"ޕިޗް ޕާފެކްޓް 3" ޑައިރެކްޓް ކުރާނީ އެލިޒަބަތެއް ނޫން
"ޕިޗް ޕާފެކްޓް 3" ޑައިރެކްޓް ކުރާނީ އެލިޒަބަތެއް ނޫން

ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލް ފްރެންޗައިޒެއް ކަމަށްވާ އަންހެން ގްރޫޕެއް އުޅޭ ކޮމެޑީ ފިލްމް "ޕިޗް ޕާފެކްޓް" ގެ ދެވަނަ ފިލްމް އެލިޒަބަތު ބެންކް ޑައިރެކްޓް ކުރި ނަމަވެސް، އޭގެ ތިން ވަނަ ފިލްމް ޑައިރެކްޓް ކުރާނީ އޭނާ ނޫން ކަމަށް އެލިޒަބަތު ބުނެފި އެވެ.

"ޕިޗް ޕާފެކްޓް 3" ޑައިރެކްޓް ކުރާނީ އެލިޒަބަތެއް ނޫން
"ޕިޗް ޕާފެކްޓް 3" ޑައިރެކްޓް ކުރާނީ އެލިޒަބަތެއް ނޫން

އެކަމަކު މި ފަހަރު ވެސް ފިލްމްގެ ކާސްޓުންނާއި ޕްރޮޑިއުސަރެއްގެ ތޮއްޕާ އެކު އޭނާ ފެންނާނެ އެވެ.

"ޕިޗް ޕާފެކްޓް 3" ޑައިރެކްޓް ނުކުރަން އެލިޒަބަތު ނިންމީ އޭނާ ކެމެރާގެ ކުރިމައްޗާއި ފަހަތުގައި މަސައްކަތްކުރަން އެއްބަސްވެފައި ހުރި އެހެން ޕްރޮޖެކްޓްތަކަކަށާއި އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

އެލިޒަބަތު، 42، އެއްބަސްވެފައި ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އޭނާ އެކްޓް ކުރާ "ޕަވާ ރޭންޖާޒް" އާއި ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ސޮނީގެ "ޗާލީ އެންޖެލްސް ރީބޫޓް" އާއި ޔުނިވާސަލްގެ "ރެޑް ކްއީން" ހިމެނެ އެވެ.

އޭނާ ޑައިރެކްޝަން މި ފަހަރު ނަހަދަން ނިންމި އިރު، ފިލްމް ޑިސްޓްރިބިއުޓް ކުރާ ޔުނިވާސަލް ޕިކްޗާޒް އިން ވަނީ "ޕިޗް ޕާފެކްޓް 3" ކުރިން ރިލީޒް ކުރަން ނިންމި ތާރީހަށް ވެސް ބަދަލު ގެނެސްފަ އެވެ.

ކުރިން އެ ފިލްމް ރިލީޒްކުރަން ތާވަލް ކުރީ އަންނަ އަހަރުގެ ޖުލައި 21ގަ އެވެ. އެކަމަކު ފިލްމް ރިލީޒް ކުރަން މިހާރު ނިންމާފައި ވަނީ ޑިސެމްބަރު 22، 2017 ގަ އެވެ.

އެލިޒަބަތު އެކްޓްކޮށް، ޑައިރެކްޓްކޮށްގެން ގެނެސް ދިން "ޕިޗް ޕާފެކްޓް 2" ރިލީޒް ކުރީ މިދިޔަ އަހަރު އެވެ. މީގެ ފުރަތަމަ ފިލްމް 2012 ވަނަ އަހަރު ޑައިރެކްޓް ކުރީ ޖޭޒަން މޫ އެވެ.

ކޭ ކެނޮންގެ ސްކްރީންޕްލޭ އަށް ހަދާފައިވާ "ޕިޗް ޕާފެކްޓް" ގެ ދެ ފިލްމް ބޮކްސް އޮފީހުގައި 400 މިލިއަން ޑޮލަރުގެ ވިޔަފާރިއެއްކޮށްފައިވެ އެވެ.