24 އޯގަސްޓް 2021 - 22:04

ކޮލަމްބޯ (އޮގަސްޓް 24) - ސްރީ ލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރާވީރާ އަށް ކޮވިޑް ޖެހިގެން ފަރުވާ ދެނިކޮށް މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 65 އަހަރުގެ ކުރީގެ މިނިސްޓަރަށް ފަރުވާ ދީފައި ވަނީ ކޮލަމްބޯގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ އައިސީޔޫގަ އެވެ.
ލަންކާގެ ކުރީގެ ސަރުކާރުގެ ނުފޫޒްގަދަ ބޭފުޅެއް ކަމަށްވާ ސަމަރާވީރާ އަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރެސީ އަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ރައީސް މައިތުރިޕާލާ ސަރުކާރުގެ ފޮރިން މިނިސްޓަރުކަމުގެ އިތުރުން ފައިނޭންސް މިނިސްޓަރުގެ މަގާމު ވެސް ސަމަރަވީރާ އަދާކުރެއްވި އެވެ. ނަމަވެސް ސިޔާސީ ކަންކަމުން މިދިޔަ އަހަރު ވަނީ ވަކިވެވަޑައިގެންފަ އެވެ.
ސްރީ ލަންކާގައި ކޮވިޑް ކޭސްތައް ގިނަވެ ހޮސްޕިޓަލްތަކުން ފަރުވާ ނުދޭ ހިސާބަށް ދިއުމުން މިހާރު ވަނީ ގައުމު ލޮކްޑައުންކޮށްފަ އެވެ. މިއަދު އެކަނިވެސް ވަނީ 4،446 މީހުން ޕޮޒިޓިވްވެ 190 މީހުން މަރުވެފަ އެވެ. މިހާތަނަށް އެ ގައުމުން ވަނީ 398,801 މީހުންނަށް ކޮވިޑް ޖެހި 7،750 މީހުން މަރުވެފަ އެވެ.