29 އޯގަސްޓް 2021 - 15:55

އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތަކުން ހިލޭ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ބްރޯޑްބޭންޑް ޕެކޭޖުތައް ރިޗާޖު ކުރާ ކޮންމެ ފަހަރަކު 50 ޕަސެންޓު އިތުރު ޑޭޓާ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.
ފަސޭހަ ބްރޯޑްބޭންޑު ޕެކޭޖުތަކުގެ ތެރޭގައި 20ޖީބީ އާއި 50ޖީބީ އާއި 60ޖީބީ އާއި 120ޖީބީ އާއި 180ޖީބީ އަދި 500ޖީބީގެ ޕެކޭޖުތައް ހިމެނެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން 20ޖީބީގެ ޕެކޭޖެއް ރީޗާޖު ކުރުމުން އިތުރު 10ޖީބީ އާއެކު ޖުމްލަ 30ޖީބީ ލިބޭނެ އެވެ.
އުރީދު ފަސޭހަ ހޯމް ބްރޯޑް ބޭންޑް ޕެކޭޖުތައް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ރިޗާޖު ކުރެވޭނެ އެވެ.