ލަންކާގައި ބައެއް ކާބޯތަކެތީގެ އަގު ކޮންޓްރޯލްކޮށްފި
ލަންކާގައި ބައެއް ކާބޯތަކެތީގެ އަގު ކޮންޓްރޯލްކޮށްފި

ކޮލަމްބޯ (ސެޕްޓެމްބަރު 4) - ސްރީ ލަންކާގައި ކާބޯތަކެއްޗަށް ޖެހިދާނެތީ އަސާސީ ބައެއް ތަކެތީގެ އަގު ކޮންޓްރޯލްކޮށްފި އެވެ.

ލަންކާގައި ބައެއް ކާބޯތަކެތީގެ އަގު ކޮންޓްރޯލްކޮށްފި
ލަންކާގައި ބައެއް ކާބޯތަކެތީގެ އަގު ކޮންޓްރޯލްކޮށްފި

ސްރީ ލަންކާ ލޮކްޑައުންކޮށްފައި އޮތުމުން ޕްރައިވެޓް ޕާޓީތަކުން ދިޔައީ އަސާސީ ކާބޯތަކެތި ބޮޑު އަގުގައި ވިއްކަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެފަދަ ތަންތަން ބަލައި ޗެކްކޮށް، ބޮޑު އަގުގައި ވިއްކަން ބަހައްޓާފައި ހުރި ކާބޯތަކެތި ނަގައިފަ އެވެ. ކޮންޓްރޯލް އަގުގައި ތަކެތި މިހާރު ވިއްކަނީ ސަރުކާރުގެ ބާރު އޮންނަ ސުޕަމާކެޓްތަކުންނެވެ.

"އެއްވެސް ތާކުން ހަކުރު ގަންނާކަށް ނުލިބޭ،" ކޮލަމްބޯގެ މަލިގަވައްޓެގެ ސަތޯސާ ސްޓޯރުން ހަކުރު ގަންނަ ގޮސް ހުރި ކޭ. ޕެރުމަލް، 62، ބުންޏެވެ.

ލަންކާގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުން އަސާސީ ބައެއް ކާބޯތަކެތި ވިއްކަނީ ކޮންޓްރޯލްކޮށްގެންނެވެ. މީހަކަށް ދެ ކިލޯ ހަކުރެވެ.

"އަހަރެންގެ އާއިލާގައި ކުޑަ ކުދިން ވެސް ތިބޭ. މި އާއިލާ އަށް މަހަކު ހަ ކިލޯ ހަކުރު ބޭނުންވޭ. ކިރު ވިއްކާ ތަނެއް ވެސް އަހަންނަކަށް ދިމަލެއް ނުވޭ،" އޭއެފްޕީ އަށް އޭނާ ބުންޏެވެ.

ބާޒާރު ކުރަން ގޮސް ހުރި މީހެއް މީހެއް ކަމަށްވާ އެން. ވިޖެރަތުނަ ބުނީ މީހަކަށް ދެ ކިލޯ އަކީ ފުދޭ މިންވަރެއް ނޫން ކަމަށެވެ. އެކަމަކު ކޮންޓްރޯލް ކޮށްގެން ވިއްކުމަކީ ރަނގަޅު ކަމެއް ކަމަށާއި އޭރުން އެންމެންނަށް ވެސް ލިބޭނެ ކަމަށެވެ.

ކުއްލި ހާލަތު އިއުލާންކޮށްފައިވާ ލަންކާ އިން މިހާރު ވަނީ ހަކުރު ކިލޯއެއްގެ އަގުގެ ގޮތުގައި 125 ރުޕީސް (62 ސެންޓް) ކަނޑައަޅައިފަ އެވެ. ހުދު ހަނޑޫ ކިލޯއެއް ވިއްކާނީ 95 ރުޕީސް އަށެވެ.

ފިޔަ އާއި އަލުވިގެ އަގު ވެސް ލަންކާގައި މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. ކަރާސީނާއި ކައްކާ ތެލުގެ ސަޕްލައި ވެސް ވަރަށް މަދު ކަމަށް ޚަބަރުތައް ބުނެ އެވެ.

ގައުމު ލޮކްޑައުންކޮށްފައި އޮތުމުން ތަކެތި މިހާރު ވިއްކަނީ ސަރުކާރުގެ ފިހާރަތަކުންނެވެ. ލޮކްޑައުންގެ މުއްދަތު އިއްޔެ ވަނީ ހަފުތާއަކަށް އިތުރުކޮށްފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ލަންކާ އަށް ކާބޯތަކެތި އެތެރެކުރަން ދަތިވެފައި ވަނީ ފޮރިން އެކްސްޗޭންޖް ދަށްވުމުން ކަމަށެވެ.

ޖޫނިއާ ފައިނޭންސް މިނިސްޓަރު ނިވާދު ކަބްރާލް ވިދާޅުވީ ކާބޯތަކެތީގެ ދަތިކަމަކީ ވަގުތީ ކަމެއް ކަމަށާއި ކައިރި ކުރިމަގެއްގައި ބޮޑު ސްޓޮކެއް ލިބޭނެ ކަމަށެވެ.