ބަންދުކުރި 25 "ޑްރަގް ކެފޭ" ކައިރީގައި ފުލުހުން 24 ގަޑިއިރު ފޯރިމަރާނެ
ބަންދުކުރި 25 "ޑްރަގް ކެފޭ" ކައިރީގައި ފުލުހުން 24 ގަޑިއިރު ފޯރިމަރާނެ

މާލޭގައި ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 25 ގެއެއްގެ ވެރިފަރާތަށް ގާނޫނީ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ބަންދުކުރި 25 "ޑްރަގް ކެފޭ" ކައިރީގައި ފުލުހުން 24 ގަޑިއިރު ފޯރިމަރާނެ
ބަންދުކުރި 25 "ޑްރަގް ކެފޭ" ކައިރީގައި ފުލުހުން 24 ގަޑިއިރު ފޯރިމަރާނެ

ފުލުހުން އިއްޔެ ފެށި އޮޕަރޭޝަނެއްގައި ވަނީ ކެފޭ ހިންގާ އުސޫލުން ގޮނޑި އާއި މޭޒު ޖަހައި މަސްތުވާތަކެތި ބޭނުން ކުރަން ފުރުސަތު ދިނުމުގެ "ހިދުމަތް" ދޭ ތަންތަން ބަންދު ކުރަން ފަށައިފަ އެވެ.

ފުލުހުން ރޭ ބުނީ، އެއީ ކެފޭ ހިންގާ އުސޫލުން ޑްރަގް ވިޔަފާރި ކުރާ ތަންތަނަށް މީހުން ވަނަނުދީ ހިފެހެއްޓުމަށް ފެށި އޮޕަރޭޝަނެއް ކަމަށެވެ. އަދި ބަންދު ކުރި ތަންތަނުގެ ބޭރުގައި 24 ގަޑިއިރު ފުލުހުން ޑިއުޓީގައި ބައިތިއްބަން ނިންމާފައިވާ ކަމަށް ވެސް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

މިހާތަނަށް މިފަދަ އަށް މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ ކަމަށާއި އިތުރު ހަތަރު މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކެފޭގެ އުސޫލުން ޑްރަގް ވިޔަފާރިކުރާ ގެއެއްގެ ވެރިފަރާތަށް ފުރަތަމަ ފަހަރަށް ދައުވާ ކުރީ މިދިޔަ ހަފުތާގެ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އެ ދައުވާ ކުރީ މ. ބްރައިޓްފްލާވާ ގޭގެ ވެރިޔާ ހުސެއިން ޔޫސުފްގެ މައްޗަށެވެ.

ޑްރަގް ބޭނުން ކުރުމުގެ ހިދުމަތް ދޭ ގެތައް ހަދާފައި ހުންނަނީ ފުލުހުންނަށް ފަސޭހައިން ނުވަދެވޭ ގޮތަށް ދަގަނޑު ގޭޓްތައް ފަދަ ވަރުގަދަ ދޮރުތައް ހަރުކޮށްގެންނެވެ. އެ ތަންތަން ބަންދު ކުރަން ފުލުހުން މަސައްކަތް ކުރި ނަމަވެސް، އެއީ އާންމު މީހުންގެ ގެތައް ކަމުން މީހުން ވަނުން ފުލުހުންނަށް ނުހުއްޓުވެ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެފަދަ ތަންތަން ބަންދު ކުރަން ދަތިވަނީ ގެތަކުގެ ވެރިފަރާތްތަކުން ވެސް ޑްރަގް ވިޔަފާރި ކުރާ މީހުންނަށް އެއްބާރުލުން ދޭތީ އެވެ.