ލަންކާ ބަލިކޮށް ބަންގްލަދޭޝް އަށް ފެށުން ކާމިޔާބު
ލަންކާ ބަލިކޮށް ބަންގްލަދޭޝް އަށް ފެށުން ކާމިޔާބު

ސްރީ ލަންކާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސާފް ޗެމްޕިއަންޝިޕްގެ ފެށުން ބަންގްލަދޭޝް އިން ރަނގަޅު ކޮށްފި އެވެ.

ލަންކާ ބަލިކޮށް ބަންގްލަދޭޝް އަށް ފެށުން ކާމިޔާބު
ލަންކާ ބަލިކޮށް ބަންގްލަދޭޝް އަށް ފެށުން ކާމިޔާބު

ފުރަތަަމަ ހާފު ފަށައިގެން ބަންގްލަދޭޝްއިން ނުރައްކާ ކުރަން ފެށި ނަމަވެސް، ފަހުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ލަންކާއިން ފުރަތަމަ 30 މިނެޓް ކުޅުނީ ޑިފެންސަށް ވިސްނައިގެން ތިބެ އެވެ. ނަމަވެސް އޭގެ ފަހުން ކުރިއަަށް ޖެހި ލަންކާއިން ވެސް ވަނީ ނުރައްކާތެރި ދެ ބޯޅައެއް ބަންގަލަދޭޝްގެ ގޯލަށް ފޮނުވާލަފަ އެވެ. ލަންކާ ޓީމުން އެންމެ ރަނގަޅު ފުރުސަތު ލިބުނީ، ޗަލަނާ ޗަމީރާ އަށެވެ.

މެޗުގެ 43 ވަނަ މިނެޓްގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑިމަތިން ބޭރަށެވެ. ފުރަތަމަ ހާފުގައި ބަންގަލަދޭޝް ކީޕަރު އަނީސުއް ރަހްމާން ފެނުނީ ވަރަށް ފުރީކޮށެވެ. ނުރައްކާތެރި ގިނަ ބޯޅަތަކެއް އޭނާގެ ކޮޅަށް ނައުމުން މާ ބުރަ މަސައްކަތެއް ކުރާކަށް ނުޖެހުނެވެ.

އެކަމަކު ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ފެނުނީ ބިޒީ ކޮށެވެ. ނުރައްކާތެރި ބޯޅަތަކެއް އޭނާ ބެލެހެއްޓި ގޯލަށް އަމާޒުވި އެވެ. މެޗުގައި އޭނާ ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ހަމަލާ އަކީ ފުރަތަމަ ހާފުގެ އުތުރު ވަގުތުގެ ތިން ވަނަ މިނެޓްގައި ބަންގްލަދޭޝްގެ ޓޮޕޫ ބަރްމަން ބޮލުން ފޮނުވާލި ހަމަލާ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލުމެވެ. ބަންގްލަދޭޝްގެ ޔާސީން އަރަފާތު ލަންކާގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބަރްމަން ބޮލުން ފޮނުވާލީ ނިއާ ޕޯސްޓަށެވެ.

ދެ ވަނަ ހާފްގެ ކުރީ ކޮޅު ބަންގަލަދޭޝް އަށް ލިބުނު ޕެނަލްޓީއެއްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރި އެވެ. ލިބުނު ޕެނަލްޓީ ކާމިޔާބު ކުރީ ޑިފެންޑަރު ޓޮޕޫ އެވެ.

އެ ޕެނަލްޓީ އަކީ ލަންކާގެ ހާފުގެ ތެރެއިން އެ ޓީމުގެ ޑަކްސަން އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ފުރަތަމަ ހާފުގައި ރީނދޫ ކާޑެއް ދައްކާފައިވާ، ޑަކްސަން އަށް ރެފްރީ ވަނީ އޭރިއާ ތެރެއިން އަތުގައި ޖެހުމުން ދެ ވަނަ ރީނދޫކާޑާއެކު ރަތް ކާޑު ދައްކައިފަ އެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ލަންކާއިން ކުރަން ޖެހޭ މަސައްކަތް އިތުރުވި އެވެ. އެ ޓީމުން ވަނީ މުޅި ޓީމު ކުރިއަށް ޖެހި ލަނޑެއް ޖަހަން މަސައްކަތް ކޮށްފަ އެވެ. އެ ޓީމަށް ދެ ވަނަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ، އަހްމަދު ވަސީމް ރަޒީކް އެވެ.

އޭނާ ފޮނުވާލި ބޯޅަވީ ބަންގްލަދޭޝްގެ ކީޕަރު އަނީސުއް ރަހްމާން އަށް އެންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ބޯޅަ އަށެވެ. އެކަމަކު އޭނާ ވަނީ ފުންމައިގެން އަރައި ބޯޅަ ސަލާމަތް ކޮށްފަ އެވެ.