12 އޮކްޓޯބަރ 2021 - 13:47

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ދިއްލީއަށް ދާން ބޭނުންވާ މީހުންނަށް ހިލޭ ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ރާއްޖެއާއި ދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފެށުމާ ގުޅުވައިގެން އިންސްޓަގްރާމުގައި މޯލްޑިވިއަން އިން ފެށި ގިވްއަވޭއެކެވެ. މި ގިވްއަވޭއިން ހޮވޭ ނަސީބުވެރިއަކަށް ދިއްލީއަށް ދެކޮޅު ޓިކެޓުގެ އިތުރުން ތިން ދުވަހުގެ ހުރުން ވެސް ލިބޭނެ އެވެ.
މި ގިވްއަވޭގައި ބައިވެރިވާން ބޭނުންވާ މީހުން ޖެހޭނީ އިންސްޓަގްރާމުގައި މޯލްޑިވިއަން އެއާލައިންގެ ޕޭޖު ފޮލޯ ކުރުމަށް ފަހު ޕޯސްޓަށް ލައިކް ކުރާށެވެ. އެއަށްފަހު ޕޯސްޓުގައި ތިން ރައްޓެއްސަކު ޓެގުކޮށް އެ ޕޯސްޓު ސްޓޯރީގައި ޝެއާ ކުރަން ޖެހޭނެ އެވެ. ސްޓޯރީގައި ޕޯސްޓް ޝެއާ ކުރާއިރު މޯލްޑިވިއަން ޓެގު ކުރަން ޖެހޭނެ އެވެ. އަދި ޕްރައިވެޓް އެކައުންޓެއްނަމަ ސްޓޯރީގެ ސްކްރީންޝޮޓެއް އެ އެއާލައިންގެ ޕޭޖަށް ފޮނުވަން ޖެހޭނެ އެވެ.
މޯލްޑިވިއަން އިން މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 17ގެ ނިޔަލަށެވެ. މި ގިވްއަވޭގެ ނަސީބުވެރިޔާ މި މަހުގެ 18 ގައި އިއުލާން ކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.