ނަރުސް މަރާލިކަމުގެ ތުހުމަތުކުރެވޭ ފިރިމީހާގެ ބަންދަށް 15 ދުވަސް
ނަރުސް މަރާލިކަމުގެ ތުހުމަތުކުރެވޭ ފިރިމީހާގެ ބަންދަށް 15 ދުވަސް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހަކު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ މާވިންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް މިއަދު ދީފި އެވެ.

ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ އެ އަންހެން މީހާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ އެވެ. ނަމަވެސް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، އިތުރަށް ތަހުގީގުކޮށް ފިރިމީހާ އަށް ތުހުމަތުކުރެވުމުން އޭނާ ހައްޔަރުކުރީ އެވެ.

މީގެ ފަސް އަހަރު ކުރިން ކައިވެނިކުރި މި ދެމަފިރިންގެ ދަރިއަކު ވެސް ހުރެ އެވެ.

މަރުގެ ތުހުމަތުކުރެވޭ ފިރިހެން މީހާ އަކީ ވެސް އައިޖީއެމްއެޗްގެ ނަރުހެކެވެ.

މަރުވި ސަބަބު ދެނެގަތުމަށް އަންހެން މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ބޭރަށް ފޮނުވަން މަޝްވަރާކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.