04 ނޮވެމްބަރ 2021 - 13:19

ރާއްޖޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ "9 ބޯލް ޗެމްޕިއަންޝިޕް 2021" ގެ ކުޅުން މިރޭ ފަށާނެ އެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ރެއާ ހަމައަށް މުބާރާތުގެ ކުޅުން ކުރިޔަށް ގެންދާއިރު، މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ވަނީ ކޮލިފައިން ބުރުތަކެއް ބާއްވައިފަ އެވެ. މުބާރާތުގައި 74 ކުޅުންތެރިން ވާދަ ކުރެއެވެ. އެއީ ފިރިހެން ބައިގައި 64 ކުޅުންތެރިންނާއި އަންހެން ބައިގައި ވާދަކުރާ 10 ކުޅުންތެރިންނެވެ.
އަންހެން އަދި ފިރިހެން ބައިގެ ކުޅުން ވެސް ކުރިއަށް ގެންދާނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ގައުމީ ބިލިއާޑް ރޭންކިން އަށް ބަލައި، ފިރިހެން ކުޅުންތެރިންގެ ތެރެއިން ގަދަ 16 ކުޅުންތެރިން ސީޑް ކޮށްފައި ވާއިރު، އަންހެން ބައިން ސީޑް ކޮށްފައި ވަނީ ދެ ކުޅުންތެރިންނެވެ. އަންހެން ދެ ކުޅުންތެރިންގެ ތެރެއިން އެއްވަނަ އަށް އާމިނަތު ފާތީ ސީޑް ކޮށްފައިވާއިރު ދެވަނަ އަށް ސީޑް ކުރީ ދީނާ އަހުމަދެވެ.
ހަސަން ޝާޒް މުހައްމަދު، އަހުސަން ހާޝިމް، ހުސައިން ފަޔާޒް، އިސްމާއިލް ސުވައިދު، މުހައްމަދު ޝަރީފް، ހުސެއިން ސަނީފް، އަލީ ފަޔާޒް، މުހައްމަދު ޝާހިލް ހަމީދު، މުހައްމަދު ފަރީމް، ހަސަން ޝަފްރާޒް، މުހައްމަދު އަކްސަމް ވަހީދު، އިސްމާއިލް ޖީހާން، މޫސާ ސާމިއު، އަހުމަދު ރަމްޒީ، އަހުމަދު ޒިޔާން، އަސްލަމް އަބްދުﷲ
ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ފިޔަވައި ބާކީ ހުރިހާ މެޗެއް ކުޅޭނީ "ރޭސް ޓު 7" ފްރޭމަށެވެ. ފައިނަލް މެޗު ކުރިއަށް ގެންދާނީ "ރޭސް ޓު 9" ފްރޭމަށެވެ. މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ކުޅޭނީ "ރޭސް ޓު 7" ފްރޭމަށެވެ. އޭގެ ކުރިން ހުރިހާ މެޗެއްގެ ކުޅޭނީ "ރޭސް ޓު 5" ފްރޭމަށެވެ.
ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ބާއްވާ މި މުބާރާތުގެ ކުޅުން ރޭގަނޑު 7:30 އިން ދަންވަރު 12:00 އާ ހަމައަށް ކުރިޔަށް ގެންދާއިރު، ފިރިހެން ޑިވިޝަނުގައި 124 މެޗު އަދި އަންހެން ޑިވިޝަނުގައި 18 މެޗް ކުޅޭނެ އެވެ.
މި މުބާރާތުގެ ކުރިން 9 ބޯލް އެސޯސިއޭޝަން ކަޕް ކުރިއަށް ގެންގޮސްފައި ވާއިރު، ފައިނަލުގައި މުހައްމަދު ޝަރީފް ބަލިކޮށް އެ މުބާރާތް ކާމިޔާބުކުރީ އަހުސަން ހާޝިމް އެވެ.