ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާކަމަށެވެ. އަދި މި ޑްރޭޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ ހަލުއިވެގެންދާނެކަމަަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.



ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރަން 3 ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އޮކްޓޫބަރުމަހުއެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވަނީ މީގެތެރެއިން 3 ވަނަ ޑްރޭޖަރުންނެވެ. މީގެކުރިން ވަނީ ރައީސް ވިދާޅުވި 2 ޑްރެޖަރު ގެނެސް، ބިން ހިއްކަން ފަށާފައެވެ.