އަންނަމަހު މޯލްޑިވިއަނުން ވެލިދުއަށް ސީޕްލޭންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. ސީޕްލޭންގެ ފުރަތަމަ ދަތުރު ވެލިދުއަށް ކުރަން ޝެޑިއުލްކޮށްފައިވަނީ އަންނަމަހުގެ 23ވަނަ ދުވަހުއެވެ.
ސީޕްލޭންގެ ދަތުރުތައް އެރަށަށް ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހު ކުރުމަށް މޯލްޑިވިނުންވަނީ ނިންމާފައެވެ.
މއީ ނ.އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، އެއަތޮޅަށް ދަތުރުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ކުރާ ދަތުރުތަކެއްކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.
މޯލްޑިވިއަނުން ނ.ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް ތައްޔާރުވުމާއެކު ދިވެހިންނަށް ޚާއްސަ ފެއަރ އެއް ތަޢާރަފްކުރުމަށްވެސް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 999ރުފިޔާއަށް ލިބޭނެއެވެ.
Explore Velidhoo on the scenic route. 🌊✈️
You guessed correctly. Velidhoo is next.
Fly every Wednesday and Friday with a promotional fare from MVR 999 one way for locals.
📩[email protected]| 📞 1671#MaldivianSeaplane#Velidhoopic.twitter.com/17Nu0Rmpxl— Maldivian Seaplane (@seaplanemv)December 3, 2025
ނ.ވެލިދޫގައި ސީޕްލޭން ޕްލެޓު ފޯމެއް ވެލިދޫގައި ޤާއިމްކޮށް، ދާއިމީކޮށް ސީޕްލޭން އޮޕަރޭޓުކުރެވޭނެގޮތް ހަމަޖައްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.
އަދި އަންނަ އަހަރު ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް ވެލިދޫގައި ފެށޭނެކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.
ނ. ވެލިދުއަށް ފެށުމަށް ތައްޔާރުވެފައިވާ މި ދަތުރުތަކާއެކު އެތޮޅުގެ ރަށްރަށަށް ދަތުރުކުރާ ފަތުރުވެރިންނާއި ދިވެހީންނަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ޤަބޫލުކުރައްވައެވެ.