ކުލަބު އީގަލްސްގެ ޒުވާން ފޯވަޑް އަހުމަދު ރިޒްވާން (ރިޒޭ) ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކުރުމާ ވަރަށް ގާތަށް ހިނގައްޖެ އެވެ.
ރިޒްވާން އަކީ ގައުމީ ޓީމުގެ ވެސް ކުޅުންތެރިއެކެވެ. އޭނާ އަކީ ނިއު ވަރުގަދަ ކުރުމުގެ ޕްލޭންގެ ދަށުން ސީޒަނުގެ ފަހު ބަޔަށް ގެންދާ ދެ ވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން ގެންދިޔައީ ބުރު ސްޕޯޓްސް ކުލަބަށް ކުޅެމުންދިޔަ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އެވެ.
އީގަލްސްއިން ރިޒްވާން ދޫކޮށްލީ މާލީ ގޮތުން ކުލަބަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ކަމަށްވެ އެވެ. އޭނާ އަކީ އީގަލްސްގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މީގެ ކުރިން ސީޒަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ރިޒްވާން ވަނީ އެންމެ ފަހުން ގައުމީ ފުޓްބޯޅަ ޓީމު ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެފަ އެވެ.
ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ނިއު އޮތީ ޓޭބަލުގެ ތިން ވަނާގަ އެވެ.
އީގަލްސްގެ ރިޒްވާން ވެސް ނިއުރޭޑިއަންޓަށް ބަދަލުވަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed