ސ. ހިތަދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދިރިނޫޅެވޭ ވަރަށް އެގެއަށް ގެއްލުން ލިބިފައިވާތީ، އެގޭގައި ދިރިއުޅެމުންދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެންޑީއެމްއޭއިން ވިދާޅުވީ، ސ. ހިތަދޫ އާޔާވިލާގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދިރިނޫޅެވޭ ވަރަށް އެގެއަށް ގެއްލުން ލިބިފައިވާތީ ، އެގޭގައި ދިރިއުޅެމުންދިޔަ 7 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުން އަންނަކަމަށެވެ.


ހިތަދޫގައި ރޯވި އާޔާވިލާ:ފޮޓޯ/އެންޑީއެމްއޭ
ސ. ހިތަދޫ އާޔާވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިރޭގެ ވަގުތެެއްގައެވެ.