މާލީކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުގެ އިމަޖެންސީ ނޫން ސަރޖަރީއެއް ކޮށްފިއެވެ. މާލީކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މިއަދު ކުރިއަށްގެންދިޔަ ވަޒީރުގެ ސަރޖަރީ ކާމިޔާބު ކަމަށެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި ވަޒީރު މޫސާ ޒަމީރުގެ ސަރޖަރީއަކީ ކުރިން ތާވަލުކުރެވިގެން ކުރެއްވި ސަރޖަރީއެއް ކަމަށެވެ. މިއަދު ކުރިއަށްގެންދިޔަ މި ސަރޖަރީ ކާމިޔާބު ކަމަށާއި ވަޒީރުގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ދެއްވައެވެ.
ވަޒީރު މިވަގުތު ހޮސްޕިޓަލުގައި ރިކަވަރ ކުރައްވަމުންދާ ކަމަށާއި އަންނަ ހަފުތާގައި އޮފީހަށް ނުކުންނަވާނެ ކަމަށްވެސް މާލީކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މާލީ ވަޒީރުގެ ސަރޖަރީ ކާމިޔާބު، އަންނަ ހަފުތާގައި ވަޒީފާއަށް ނުކުންނަވާނެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed