ހުޅުމާލެ ފޭސް 3 ގަައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 3ގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ، 8:00 އާއި 8:30 އާ ދެމެދު 3 މިނިޓަށެވެ.

މިއީ، ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯއިން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެމްއެންޑީއެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ޙަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ. ހަމައެހެންމެ ރާއްޖޭގައި ފާހަގަކުރާ ބައެއް ޚާއްސަ އިޙްތިފާލުތަކާ ދިމާކޮށްވެސް ހަވާ އެރުވުން ކުރިއަށްގެންދެއެވެ.