ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ، ކުދި އަދި މެދު ފަންތި ހިމެނޭގޮތަށް ހުރިހާ ފަންތިއެއްގެ ވިޔަފާރިއެއްވެސް ކުރިއެރުވުމަށްކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ސޯޝަލް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުން ފައްޓަވައި ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްދަލުވުމުގައި ބައިވެރިވެލެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ވިޔަފާރިވެރިންނާއި އެކު ބާއްވާ ބައްދަލުވުމަކީ، ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ނުވަތަ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އަދި އެކަންކަން ވިޔަފާރިވެރިން ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އެމަނިކުފާނު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭހެން ހުރިހާ ފަންތިއެއްގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
"ސަރުކާރުން މަސައްކަތް ކުރަމުން މި ގެންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އަދި ހުރިހާ ފަންތިއެއްވެސް ކުރިއެރުމަށް މަސައްކަތްތައް ސިޔާސަތުތައް ބައްޓަންކޮށްގެން. އެހެންވީމަ ތިބޭފުޅުންގެ ވާހަކަފުޅުތައް މިގޮތަށް މަސައްކަތް ކުރުމަށް މުހިންމު އެއްޗަކަށް ވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވިޔަފާރިތަކުގެ ކުރިއެރުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސިޔާސަތުތައް ބައްޓަންކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް: ރައީސް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed