ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. ފަތުރުވެރިކަމާއި ތިމަވެއްޓާ ބެހޭ ވުޒާރާއިން މިމަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރުމަށެވެ.
ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރުއެވެ. މިމަސައްކަތް ނިމިފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މިމަސައްކަތް ނިމިގެން ހައުސިންގ ޔުނިޓުތަކަށް ބޭނުންވާ ޔުޓިލިޓީގެ ޚިދުމަތް ނުދެވި އޮތުމަކީ އެރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.
ހައުސިން ޔުނިޓުތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް ފެނަކަ ކޯޕަރޭޝަނާއި މިހާރު ހަވާލުކޮށްފައިވާއިރު، މި މަސައްކަތް ނިންމުމަށް ދީފައިވަނީ 5 މަސް ދުވަހެވެ. މި މަޝްރޫޢުގެ އަގަކީ 11.4 މިލިޔަން ރުފިޔާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
Water & sewerage services for the 100 housing units in M. Kolhufushi have officially been awarded to@TeamFenaka
The agreement was signed at the Ministry of Tourism and Environment, with the project valued at MVR 11.4 million and scheduled for completion within 20 weeks,…pic.twitter.com/Vwy4bsh1rN— Ministry of Tourism and Environment (@MoTmv)December 23, 2025
ކޮޅުފުށީގެ ހައުސިން މަޝްރޫޢަށް ބޭނުންވާ ޔޫޓިލިޓީގެ ޚިދުމަތްތައް ގުޅާފައި ނެތުމުގެ ކަންބޮޑުވުން ބޮޑުވެ ޢާންމުންގެ ޝަކުވާ އިތުރުވުމުގެ ސަބަބުން ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިންވަނީ ހައުސިން ޔުނިޓުތަކުގައި ޔުޓިލިޓީ ގުޅާފައި ނުވަނީ ހައުސިން ޔުނިޓުތައް އަޅަމުންދިޔައިރު، ފެނާއި ނަރުދަމާގެ މަސައްކަތް ކޮޅުފުށީގައި ނިމިފައިނުވާތީ ކަމަށް ވިދާޅުވެފައެވެ.
ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓުތަކަކީ އަމިއްލަ މީހުންގެ ބިމުގައި ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ތަރައްޤީކޮށްފައިވާ ރޯހައުސްތަކެކެވެ. މިފަދަ މަޝްރޫޢުއެއް ފެށުމުގެ ބޭނުމަކީ ބިން އޮވެ، ގެ އަޅާނެ މާލީ ތަނަވަސްކަން ނެތް މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އޭރު ސަރުކާރުންވަނީ ވިދާޅުވެފައެވެ. މިއީ މި ކޮންސެޕްޓަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ މަޝްރޫޢުވެސްމެއެވެ.
މިހައުސިންގ ޔުނިޓުތަކަކީ 1200 އަކަފޫޓުގެ ގެތަކެކެވެ. މިއިން ކޮންމެ ރޯހައުސްއެއްގައި 3 ކޮޓަރިއާއި 3 ފާޚާނާ އަދި ސިޓީންރޫމް، ބަދިގެއާއެކު ލޯންޑްރީއާއި ސްޓޯ ރޫމްވަނީ ތަރައްޤީކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 121 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫއެކެވެ.