އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްފައިވިއެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ ދިވެހީންނަކީ އުޚުއްވަތްތެރި އަދި އޯގާތެރި އެކަކު އަނެކަކަށް ވާގިވެރިވާ ހިތްވަރުގަދަ ބައެއްގެ ގޮތުގައި އަބަދުމެ ލެއްވުން އެދި ދުޢާ ދަންނަވާފައެވެ. އަދި އިލާހީ ޙިމާޔަތާއި މަދަދާއި އަދި އޯގާވަންތަކަމުގައި ރެޔާދުވާލު މިޤައުމުގައި ލައްވާތޯވެސް އެކަމަނާވަނީ ދުޢާދަންނަވާފައެވެ.
ދިވެހީންނަކީ އުޚުއްވަތްތެރި، އޯގާތެރި، އެކަކު އަނެކަކަށް ވާގިވެރި، ހިތްވަރުގަދަ ބަޔެއްގެ ގޮތުގައި އަބަދުމެ ލައްވާށި. އިލާހީ ޙިމާޔަތާއި މަދަދާއި އޯގާވަންތަކަން ރެޔާއިދުވާލު މި ޤައުމުގައި ދަމަހައްޓަވާށި. އާމީންpic.twitter.com/te3hL0Xe9j
— First Lady Sajidha Mohamed (@sajidhaamohamed)December 26, 2025
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވީ ސުނާމީ ކާރިސާގައި ދިވެހީންވަނީ އެކަކު އަނެކަކަށް އަޅާލުމުގެ ރިވެތި ނަމޫނާ މުޅި ދުނިޔެއަށް ދައްކާލާފައެވެ. އެކި ރަށްރަށުން އެތައް ދިވެހީންނެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލި، ގެދޮރާއި މުޅި ރަށް ސުންނާފަތިކޮށްލި އެކާރިސާއިން އަރައިގަތުމަށް ދިވެހީން ދެއްކީ އެކަކު އަނެކަކަށް އޯގާތެރިވުމާއި އާދަޔާ ޚިލާފު ހިތްވަރެކެވެ.