ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4000 ފްލެޓުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމާން އުދަރެސް އަދި އަމާން ހިޔާގެ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމާއި ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ހުރިހާ ފްލެޓަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ގާއިމުކޮށް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މަސައްކަތްތަކާއެކު މިހާރު ހުރިހާ ފްލެޓަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވިއެވެ.
#TeamMWSC has successfully completed the installation, testing, and commissioning of the water and sewerage connections, as well as the water boosting system, across all towers of#AmaanDhoadhiand#AmaanUdhares— a 4,000-unit social housing project.
With this milestone, water…pic.twitter.com/FvW7xIQgJR— Male' Water and Sewerage Company Pvt. Ltd. (@MWSC_Official)January 2, 2026
އަމާން އުދަރެސް އަދި އަމާން ދޯދީގެ ފެނުގެ ޚިދުމަތް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް މިދިޔަ ޑިސެމްބަރު މަހު ނިމިފައިވާ ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމާއެކު އެ ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.
އެފްޑީސީން މިހާރު އަންނަނީ ހުރިހާ ފެލްޓެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް މި ޖެނުއަރީ މަހުގެ ނިޔަލަށް ނިންމުމަކީ އެ ކުންފުނީގެ އަމާޒެކެވެ.