މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް މާލެއާއި ސިނަމާލެ ބުރިޖު އަދި ހައިވޭގައި ޖުމްލަ 67 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާލޭގައެވެ.
މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް އެއްކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 67 އެކްސިޑެންޓުގެ ތެރެއިން، މާލެ ތެރޭގައި 56 އެކްސިޑެންޓު ހިނގައިގެން ވަނީ ރިޕޯޓްކޮށްފައެވެ.
އެންމެ ގިނަ އެކްސިޑެންޓުތައް ހިނގީ މިމަހުގެ 6ވަނަ ދުވަހުއެވެ. އެދުވަހު އެކަނި 13 އެކްސިޑެންޓް ވަނީ ހިނގާފައެވެ. ދެވަނައަށް އެންމެ ގިނައިން އެކްސިޑެންޓު ހިނގީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެއީ 12 އެކްސިޑެންޓެވެ.
ފުލުހުން ވިދާޅުވީ މީގެތެރެއިން 19 އެކްސިޑެންޓެއް ހިނގީ ސައިކަލާއި ސައިކަލު ޖެހިގެންކަމަށެވެ. އަދި ސައިކަލާ ކާރު ޖެހިގެން 19 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުގައެވެ.
Traffic Stats from 4–10 January 2026 in Male’, Bridge and Highway:
A total of 67 road accidents were reported across Malé, the bridge, and highway. Malé recorded the highest number of incidents with 56 cases. The highest number of accidents in a single day was recorded on 6…pic.twitter.com/mvIscR28tj— Maldives Police (@PoliceMv)January 15, 2026
66 އެކްސިޑެންޓުގައި އެކި ކަހަލަ ކުދި ކުދި އަނިޔާތައް މީހުންނަށް ވަނީ ލިބިފައެވެ. އަދި އެކަކަށް ސީރިއަސް ބޮޑެތި އަނިޔާތަކެއް ލިބުނުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިދިޔަ އަހަރު މާލެ ސަރަޙައްދުގައި 2000 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފަވެއެވެ. މީގެތެރެއިން 300 އަށްވުރެ އެކްސިޑެންޓު ހިންގީ ބްރިޖާއި ހައިވޭގައެވެ.
މަގުމަތީގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެން އެކުގައި މަސައްކަތްކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އުޅަނދު ދުއްވުމުގައި މަގުމަތީގެ ޤަވައިދުތަކަށް ސަމާލުވުމާއި އުޅަނދުތައް ދުއްވާ މީހުންނެކޭ އެއްގޮތަށް ހިނގާ މީހުންވެސް އެކަންކަން ސަމާލުވުމަށް ފުލުުހުން އިލްތިމާސްކުރައްވައެވެ.