މުދާ އުފުލާ ބޯޓެއް، ބަންޑުންޖަހާލުމާ ގުޅިގެން އެބޯޓުން ދަތުރުކުރި 2 މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބަންޑުން ޖަހާލާފައިވަނީ "ބަލްމާ – 6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށާއި އެބޯޓުން 4 މީހަކު ދަތުރުކުރިކަމަށެވެ. އޭގެތެރެއިން 2 މީހަކު އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފަ ވާކަމަށެވެ. ނަމަވެސް އަނެއް 2 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެބޯޓު ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.