ބޮޑުތަކުރުފާނު މަގު ބާޒާރު ސަރަޙައްދު ތަރައްޤީކުރުމަށް ކުރާ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މިހާރު ހަދާ ސަރަހައްދުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ވިދާޅުވީ، މާލޭ ބޮޑު ތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސަައްކަތުގެ ދެވަނަ ސެގްމެންޓުގެ ތެރެއިން ބާޒާރު މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
The second segment of the Malé Northside Boduthakurufaanu Road Development Project is progressing as scheduled.
Capping concrete works for 55 meters of the quay wall have been completed, and preparations are underway to begin paving of the harbour-side sidewalks and installation…pic.twitter.com/GcbD9g4wg3— MTCC Plc (@MTCCPlc)January 23, 2026
އެމްޓީސީސީިން ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން މިހާރުވެސް 55 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި، މަގުތަކުގައި ކާނު އަދި ދުވާރުތައް އެޅުމުގެ މަސައްކަތް ފެށުމަށް ތާވަލުކޮށްފައިވާ ކަމަށެެވެ.
ބާޒާރުމަތީ މަގުތައް ތަރައްޤީކުރެވުމާއެކު، މި ސަރަހައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެމްޓީސީީސީން ވިދާޅުވެއެވެ. އަދި އަންނަ ރަމަޟާން މަހުގެ ކުރިން މި ސެގްމެންޓުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލާ، އާންމުންނަށް ހުޅުވާލެވިގެންދާނެ ކަމަށްވެސް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.